logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުއޮތްގިރީގައި މިފްކޯގެ ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ޖުލައި 2026 - 09:24
ކަނޑުއޮތްގިރީގައި މިފްކޯގެ ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި

މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް އެކްސްޕޯޓިންގ ކޯޕަރޭޝަން (މިފްކޯ) އިން ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ތަރައްޤީކުރި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ރަސްމީކޮށް ހުޅުވައިފިއެވެ.

މިކަމަށްޓަކައި ކަނޑުއޮތްގިރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސްގެ އިތުރުން، ފިޝަރީޒް މިނިސްޓްރީއާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

IMG_0709.jpeg

 

ކަނޑުއޮތްގިރީގައި މި ހުޅުވުނު ވަސީލަތްތަކަކީ މިފްކޯގެ ލޯކަލް ޕްރޮޑަކްޓްތައް ނުވަތަ އަމިއްލަ އުފެއްދުންތައް އިތުރުކޮށް ބާޒާރަށް ނެރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. ޚާއްޞަކޮށް މާލެ ސަރަހައްދުގައި މިފަދަ ޚިދުމަތެއް ފެށުމަކީ، މާލޭގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ފޯރުކޮށްދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

Hikimas kaarukhaana

 

މި އައު ހިކިމަސް ކާރުޚާނާއާއެކު މިފްކޯގެ އުފެއްދުންތެރިކަން އިތުރުވެ، ކަނޑުއޮތްގިރިން މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުއޮތްގިރީގައި މިފްކޯގެ ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފިޚަބަރު | 2 ގަޑިއިރު ކުރިންމިދިޔަ މަހު މިފްކޯއަށް ކިރި މަހަށް 11.3 މިލިޔަން ރުފިޔާ ދޫކުރިޚަބަރު | 9 ދުވަސް ކުރިން6 ޖޫން ގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | މަހެއް ކުރިންމިފްކޯއަށް މިއަދު މަސް ގަންނަ އަގު 20ރ. އަށް ބޮޑުކޮށްފިޚަބަރު | މަހެއް ކުރިން