logo
MPL

MPL

ޚަބަރު

ކަންނެލި މަސް ފެކްޓަރީގެ މަސައްކަތް ހަ މަސްތެރޭ ނިމޭނެ : ވަޒީރު ޝިޔާމް

އިސްމާޢިލް ރާތިޢު
12 ޑިސެމްބަރު 2025 - 04:08
ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް

ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރުމުގެ މަސައްކަތް ކުރުމަށް ފެސިލިޓީއެއް އެޅުމަށް ހުއްދަލިބިފައިވާ ކަމަށާއި އަންނަ ޖަނަވަރީ މަހުގެ ތެރޭ އެ މަސައްކަތް ފަށައިގަނެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު، އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، މަސްވެރި ސިނާއަތުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ، ވަޒީރު ވަނީ އޭގެތެރޭގައި ބޮޑު ކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުމަށް ހައްލު ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ވަޒީރު ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ބޮޑު ކަންނެލީގެ މަސްވެރިން މާލެ ސަރަހައްދުގައި ހަރަކާތްތެރިވާއިރު، އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގު ފަހިވުމަށް ބޭނުންވެފައިވި ވުމަށް ހައްލެއް ހޯއްދަވައިދެއްވާ، މިދިޔަ އަހަރުތެރޭ އެސްޓީއޯ މެދުވެރިކޮށް ރައީސް ހަމަޖައްސައިދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ބޮޑު ކަންނެލި މަސްވެރިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރާ ފެސިލިޓީއެއް އެޅުމަކީ ރައީސްގެ ވައުދުފުޅުގައި ހިމެނޭކަމެއްކަން ފާހަގަކުރެއްވާ، އެކަން ފުއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތަށް ހުޅުމާލެއިން 25،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރުމުގެ މަސައްކަތަށް މިފްކޯގެ ފެސިލިޓީ ތަރައްގީކުރަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު، (އައިއެސްޑީބީ) ގެ ލޯނު އެހީއެއްގެ ދަށުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސް ކިރާ މިންވަރަށް ބަލައި މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށްފިޚަބަރު | 20 ގަޑިއިރު ކުރިންމަސްވެރިކަމާއި ދަނޑުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް އިންވެސްޓަރުންނަށް ދެވެންހުރި ލުއިތައް ބަލަނީޚަބަރު | 7 ދުވަސް ކުރިންތިން ކޮޓަރީގެ 5000 ހައުސިން ޔުނިޓް އަޅަން 7.7 ބިލިއަން ރުފިޔާ އީގަލް ހިލްސުން ހޭދަކުރާނެ: ޝިޔާމްޚަބަރު | 14 ދުވަސް ކުރިންމަސްވެރިކަން ދޫކޮށްލި ގިނަ ބަޔަކު އަލުން އެނބުރި ސިނާއަތަށް ދަނީ ނުކުންނަމުން: ޝިޔާމްޚަބަރު | 17 ދުވަސް ކުރިން