logo
MPL

MPL

ޚަބަރު

ޖަޕާނު ކުންފުނިތަކުގެ އެހީ ހޯދަން މިފްކޯއިން މަޝްވަރާކޮށްފި

އިސްމާޢިލް ރާތިޢު
11 މާރިޗު 2026 - 10:08
ޖަޕާނު ކުންފުނިތަކުގެ އެހީ ހޯދަން މިފްކޯއިން މަޝްވަރާކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ކުރިއަށްގެންދާ މަސައްކަތްތަކަށް ޖަޕާން ކުންފުނިތަކުގެ ބައިވެރިވުން ހޯދުމަށް ޖަޕާން އެމްބަސީއާއެކު މިފްކޯއިން މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާ ކުރިއަށް ގެންގޮސްފައިވަނީ މިފްކޯގެ އިސް އޮފިޝަލުންގެ ވަފުދެއް، ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް މިހާރު ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ކުރި ޒިޔާރަތުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ، ޖަޕާނު މާކެޓުގައި މިފްކޯއަށް ހުރި ވިޔަފާރީގެ ފުރުޞަތުތައް ފުޅާކުރުމާއި ޖަޕާނުގެ ކުންފުނިތަކުގެ އެއްބާރުލުމާ އެހީތެރިކަން ހޯދުމަށެވެ.

އެގޮތުން ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރި ފުޅާކުރުމާއި އުފެއްދުންތަކަށް އަގު އިތުރު ކުރުމުގަޔާއި، މެރިކަލްޗަރގެ ސިނާޢަތެއް ޤާއިމުކުރުމުގައި މިފްކޯއިން ފަށާފައިވާ މަސައްކަތުގެތެރެއިން، ޖަޕާނު ކުންފުނިތަކުގެ ބައިވެރިވުން ހޯދުމުގައި، ޖަޕާނު އެމްބަސީގެ ބައިވެރިވުމާއި އެއްބާރުލުން ހޯދުމަށް މަޝްވަރާކޮށްފައި ވެއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ޙަވާލުވެޑައިގެން ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ބައިވެރިވެވަޑައިގަތެވެ.

ޖަޕާނުގެ އެމްބަސީއިންވަނީ މިފްކޯގެ މި މައްސައްކަތުގައި އެމްބަސީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވާފައެވެ.

މިފްކޯއިން ދަނީ ދުނިޔޭގެ އެކި މާކެޓްތަކުގައި އެކުންފުނީގެ އުފެއްދުންތައް އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބައިނަލްއަޤްވާމީ ފެއަރތަކުގައި ބައިވެރިވެގެންވެސް ކުންފުނީގެ އުފެއްދުންތައް ދައްކާލާ މާކެޓްކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސް ކިރާ މިންވަރަށް ބަލައި މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށްފިޚަބަރު | 23 ދުވަސް ކުރިންމިފްކޯގެ މަސް މިހާރު "ރިޖެކްޓެއް" ނުވާނެ: ޝިޔާމުޚަބަރު | މަހެއް ކުރިންމަސް ގަންނަ އަގު 22 ރުފިޔާ އަށްޚަބަރު | މަހެއް ކުރިންވިނަރެސްގައި މިފްކޯގެ އައު މަސްފިހާރައެއް: ހަފުތާގެ 7 ދުވަހު ޚިދުމަތް ދޭނެޚަބަރު | 2 މަސް ކުރިން