logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ރައީސް މުޢިއްޒުގެ މެނިފެސްޓޯއަކީ މަސްވެރިންގެ ހުުރިހާ ކަންބޮޑުވުމެއް ހައްލުވާނެ މެނިފެސްޓޯއެއް: ވަޒީރު ޝިޔާމް

އިސްމާޢިލް ރާތިޢު
13 ޑިސެމްބަރު 2025 - 11:00
ރައީސް މުޢިއްޒުގެ މެނިފެސްޓޯއަކީ މަސްވެރިންގެ ހުުރިހާ ކަންބޮޑުވުމެއް ހައްލުވާނެ މެނިފެސްޓޯއެއް: ވަޒީރު ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއަކީ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ މެނިފެސްޓޯއެއް ކަމަށާއި މިދިޔަ ދެ އަހަރުވެސް އެކަމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު، އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން ބޭއްވި މަސްވެރިންގެ ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް މިސަރުކާރުން ކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ، ވުޒާރާއިން އަބަދުވެސް މަސްވެރިންގެ ކަންބޮޑުވުން އަޑުއަހާކަމަށާއި އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރަށްވުރެވެސް މަސްވެރިންނާއި ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން، ވަޒީރު ދެއްވިއެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ގުންޒަރުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަކަށް ވާތީ އެކަންކަން ހައްލުކުރުމަށް ބޭނުންވާ ވަގުތާއި ސަރުކާރުން ކުރަން ޖެހޭ ހޭދަވެސް ބޮޑު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ފުއްދަވާނެ ކަމުގެ ޔަގީންކަން އެދުވަހުވެސް ވަޒީރު ދެއްވާފައިވެއެވެ.

މީގެ އިތުރުން ބޮޑު ކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރުމުގެ މަސައްކަތް ކުރުމަށް ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް، ދައުލަތުގެ މީޑިއާ އާ ވާހަކަދައްކަވަުން ވަޒީރު ވިދާޅުވެފައިވެއެވެ. އަދި، ބޮޑު ކަންނެލި މަސްވެރިންނަށް މާލެ ސަރަހައްދުގައި ހަރަކާތްތެރިވާއިރު، އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގު ފަހިވުމަށް ބޭނުންވެފައިވި ވުމަށް ހައްލެއް ހޯއްދަވައިދެއްވާ، މިދިޔަ އަހަރުތެރޭ އެސްޓީއޯ މެދުވެރިކޮށް މިކަން ފަހިކޮށްދެއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މަސްވެރިންގެ ފޯރަމަކީ، ރ.ދުވާފަރުގައި ފާހަގަކުރާ މިއަހަރުގެ މަސްވެރިންގެ ދުވަހާއި ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެރަށަށް ވަޑައިގެން މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކާއެކު ކުރިއަށްގެންދިޔަ ފޯރަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންދިހަ ވަޒީރެއް އިސްތިއުފާ ދެއްވައިފިޚަބަރު | 17 ގަޑިއިރު ކުރިންކެބިނެޓަށް ބޮޑު ބަދަލެއްޚަބަރު | 19 ގަޑިއިރު ކުރިންދުންފުހުގެ އަސަރު ކުރުމުގެ ކުރިން އެކަން ރައްޔިތުންނަށް އެނގޭނެ: ވަޒީރު ތޯރިގުޚަބަރު | 20 ގަޑިއިރު ކުރިން