logo
Bank of Maldives

Bank of Maldives

ޚަބަރު

ދުންފުހުގެ އަސަރު ކުރުމުގެ ކުރިން އެކަން ރައްޔިތުންނަށް އެނގޭނެ: ވަޒީރު ތޯރިގު

މަރިޔަމް މާޙީ
14 އޭޕްރީލު 2026 - 07:07
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ދުންފުހުގެ އަސަރު ރާއްޖެއަށް ކުރުމުގެ ކުރިން، އެކަމުގެ މައުލޫމާތު ރައްޔިތުންނަށް ދުރާލާ ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު، ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މީޓިއޮރޮލޮޖިކަލް ކަންތައްތައް ރާވާ ހިންގާ، ތަރައްގީކޮށް ބެލެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ވަރުގަދަކުރެވިފައި ކަމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގްވާމީ ވައިގެ ދަތުރުތަކަށް ބޭނުންވާ މޫސުމާ ބެހޭ މައުލޫމާތު، ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (WMO) އަދި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން (ICAO) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ފޯރުކޮށްދިނުމުގެ މަސައްކަތް މެޓް އޮފީހުން ކުރަމުންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުތަކަށް އަންނަ ބިންހެލުމާއި، ސުނާމީ ފަދަ ގުދުރަތީ ކާރިސާތަކާ ގުޅޭ މައުލޫމާތު ރިކޯޑުކޮށް ބެލެހެއްޓުމުގެ ނިޒާމުވެސް ވަނީ އިތުރަށް ހަރުދަނާކޮށްފަ އެވެ. އަދި ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވުމާއެކު، ރާއްޖޭގެ މެރިން މީޓިއޮރޮލޮޖިކަލް ކަންތައްތައް ރާވާ ހިންގާ، އެ ދާއިރާ ތަރައްގީކޮށް ބެލެހެއްޓުމަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ތޯރިގު އިތުރަށް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ދިމާވެދާނެ މޫސުމީ ހާދިސާތަކުގެ މައުލޫމާތު ހޯދައި، އެކަމުން ލިބިދާނެ ގެއްލުންތައް ލަފާކުރުމުގެ ގާބިލްކަން މިހާރު އިތުރުވެފައިވާ ކަމަށެވެ. މީގެ ބޭނުމަކީ ކަމާބެހޭ ފަރާތްތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، އެފަދަ ކަންކަން ދިމާވުމުގެ ކުރިން ދުރާލާ އިންޒާރު ދިނުން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި މަސައްކަތްތަކުގެ ސަބަބުން، ވައިގެ ނުސާފުކަމާއި ދުންފުނީގެ އަސަރު ރާއްޖެއަށް ކުރާނެ މިންވަރު ދުރާލާ ދެނެގަނެވި، އާންމު ސިއްހަތަށް ކުރާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށް ރައްޔިތުންނަށް ފުރުސަތު ލިބިގެންދާނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް މަގު ހަދައި، ނޮވެމްބަރުގެ ނިޔަލަށް ނިންމަނީޚަބަރު | 5 ގަޑިއިރު ކުރިންތަކުރު މަގު ބަލައިލަން މާލެއަށް: ''މިކޮށްދިނީ ހާދަބޮޑު ފަސޭހައެކޭ!''ރިޕޯޓް | 9 ގަޑިއިރު ކުރިންސައުދީން އަބަދުވެސް ރާއްޖޭގެ ތަރައްގީ އާއި ފާގަތި ކަމަށް އިސްކަމެއްދޭ: ޕްރިންސް ޑޮކްޓަރ މަންޞޫރުޚަބަރު | 11 ގަޑިއިރު ކުރިންބޯލިންގް އެރިނާއަކާއި ގޯކާޓް އެރީނާގެ އިތުރުން، 25 ރަށެއްގައި ސްޕޯޓް ކޮމްޕްލެކްސް އަޅަނީޚަބަރު | 12 ގަޑިއިރު ކުރިން