logo
E-Platinum
ޚަބަރު

ކަތިވަޅިއަކުން ހަމަލާދީ ކައްކާ މަރާލި މައްސަލާގައި ކުށް ސާބިތުނުވި

މުހައްމަދު މޫސާމުހައްމަދު މޫސާ
31 ޖުލައި 2025 - 02:05
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު

އދ. އެއްލައިދޫ ރިސޯޓުގައި 2019 ވަނަ އަހަރު ހިނގި މާރާމާރީއެއްގައި އެ ރިސޯޓުގެ ކައްކާ މަރާލި މައްސަލައިގައި ދަޢުވާލިބުނު ލަންކާގެ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށް ކުރެވުނު މަރުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގެ ތަޙުޤީޤަށް ޖަޔަލަތު ދީފައިވާ މަޢުލޫމާތުގައި ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭގަނޑުގެ ނާސްތާއަށް ބިސްގަނޑެއް އަޅައިނުދިނުމާ ގުޅިގެން ހިނގި ޒުވާބަކާ ގުޅިގެންނެވެ. ނަމަވެސް ޝަރީޢަތުގެ މަޖިލީހުގައި އޭނާ ދަޢުވާއަށް އިންކާރުކޮށް، އެއީ އަމިއްލަ ދިފާޢުގައި ދިން ހަމަލާއެއްކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ގިނަ ހެކިން މިހާރު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ. އަދި އެ ހެކިން ރާއްޖެ ގެނައުމަށް ދައުލަތަށް ދެވުނު ފުރުސަތުގައިވެސް އެކަން ވަނީ ކުރެވިފައިނުވާކަން ކޯޓުން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، މައްސަލައިގެ ތަޙުޤީޤު މަރުހަލާގައި ނެގުނު އިޢުތިރާފުގެ ބަޔާން ނެގިފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އަދި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށް ރިޢާޔަތްކޮށް ބެލިއިރު، ދަޢުވާ ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައިގައި ދަޢުވާ ސާބިތުނުވާކަމަށް ކަނޑައެޅުމާ ގުޅިގެން، ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ ވަނީ މިނިވަންވެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަތިވަޅިއަކުން ހަމަލާދީ ކައްކާ މަރާލި މައްސަލާގައި ކުށް ސާބިތުނުވިޚަބަރު | 18 ގަޑިއިރު ކުރިންޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ބަލައިގަތުމަށް ނިންމައިފިޚަބަރު | 4 މަސް ކުރިންޝަރީއަތް ނިމެންދެން ޝަމްއާން ބަންދުގައި ބަހައްޓަން އަމުރު ކޮށްފިޚަބަރު | 4 މަސް ކުރިންކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރި މީހަކު ހައްޔަރުކޮށްފިޚަބަރު | 4 މަސް ކުރިން