logo
މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

އޮރިޔާންކާޑު ގެންގުޅެ، ކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރި މީހަކު ހައްޔަރު

މުހައްމަދު މޫސާމުހައްމަދު މޫސާ
2 އޭޕްރީލު 2025 - 04:10
ކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރި މީހަކު ހައްޔަރުކޮށްފި

އޮރިޔާންކާޑު ގެންގުޅެ، ކުރީގެ އަނބިމީހާއަށް ބްލެކްމެއިލްކުރުމުގެ ތުހުމަތުގައި 57 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށް 10 ދުވަހަށް ބަންދުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މި މީހާގެ މައްޗަށް ތުހުމަތުކުރެވެނީ ހުއްދަ ނެތި ގޯތި ގެދޮރަށް ވަނުމާއި، އޮރިޔާންކާޑު ގެންގުޅުމާއި، ބްލެކްމެއިލްކުރުމާއި އަދި ބިރުދެއްކުމުގެ ކުށްތަކުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ހާދިސާ ރިޕޯޓާއި އަނިޔާ ލިބުނު ފަރާތުގެ ބަޔާނުގެ އިތުރުން ވެސް ކުށްކުރި ކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވެއެވެ. މިކަމުގެ ސަބަބުން، އޭނާ ކުރީގެ އަނބިމީހާއަށް ބްލެކްމެއިލްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ކޯޓުން ނިންމާފައިވެއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި މީހަކަށް ވަޅިން ހަމަލާދިން މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 4 ދުވަސް ކުރިންރާއްޖެ އަށް ޑްރަގް އެތެރެކުރި ބިދޭސީއަކަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއްޚަބަރު | 4 ދުވަސް ކުރިންކެނަބިސް ގަސްތަކެއް ހައްދައި މަސްތުވާތަކެތި ގެންގުޅުނު މީހަކަށް 100 އަހަރުގެ ޖަލު ހުކުމެއްޚަބަރު | 2 މަސް ކުރިން"ވާނުވާ" ބަންދުގައި ތިބި އެންމެންގެ މައްސަލަތައް މިއަހަރުގެ ނިޔަލަށް ނިމޭނެކަމަށް ކްރިމިނަލް ކޯޓުން ލަފާކޮށްފިޚަބަރު | 2 މަސް ކުރިން