logo
Bank of Maldives

Bank of Maldives

ޚަބަރު

ޅައިމަގު ބޯޓެއްގެ ތެރޭގައި ލުތުފަރު މަރާލި މައްސަލަ ދެ މީހެއްގެ މައްޗަށް ސާބިތުވެއްޖެ

ޒިދާން މުޙައްމަދު
30 ޖޫން 2026 - 15:30
ޅައިމަގު ބޯޓެއްގެ ތެރޭގައި ލުތުފަރު މަރާލި މައްސަލަ ދެ މީހެއްގެ މައްޗަށް ސާބިތުވެއްޖެ

ށ. ޅައިމަގު ބޯޓެއްގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ކަނޑުފެއްތި މައްސަލަ ދެ މީހެއްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ. މި ނިންމުމާ ގުޅިގެން ލުތުފަރުގެ ވާރިސުންގެ ބަސް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް ކޯޓުން ވަނީ ނިންމާފައެވެ.

ކައްކާއެއްގެ ވަޒީފާ އަދާކުރަމުންދިޔަ ލުތުފަރު 2019 ވަނަ އަހަރު ގެއްލިގެން ހޯދަމުން ދަނިކޮށް، އޭނާގެ ހަށިގަނޑު ފެނިފައިވަނީ ޅައިމަގު ކަނޑުގެ އަޑިއަށް ފައްތާފައި ވަނިކޮށެވެ. ހަށިގަނޑު ފެނުނުއިރު އޮތީ ހަމައެކަނި ކަށިތަކެވެ. މި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ބަންގްލަދޭޝްގެ ތިން މީހުން ކަމަށްވާ އަލަމިން، ނޫރުލް އިސްލާމް އަދި އެމްޑީ އަހްތަރުގެ މައްޗަށެވެ. މީގެ ތެރެއިން އެމްޑީ އަހްތަރު ވަނީ ޝަރީއަތް ކުރިއަށް ދަނިކޮށް ޖަލުގައި މަރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދައުވާގައިވާ ގޮތުން، ބޯޓު ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ލުތުފަރު ވައްޓާލުމަށްފަހު، ތިން މީހުން ބައިވެރިވެގެން އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން މަރާލީއެވެ. އޭގެ ފަހުން ޅައިމަގު ބޭރުން ގާތްގަނޑަކަށް 200 ފޫޓު ދުރަށް އޭނާގެ ހަށިގަނޑު ވަނީ ކަނޑުފައްތާފައެވެ. މި މައްސަލަ ބެއްލެވި ގާޒީ އަހުމަދު ޝާފިއު ނިންމެވީ، ތަހުގީގަށް އެމީހުން ދީފައިވާ ބަޔާންތަކަކީ ކުށް ސާބިތުކުރުމަށް ލިބުނު އެންމެ ވަރުގަދަ ހެއްކެވެ.

އެ ބަޔާންތަކުގައި ލުތުފަރު މަރާލި ގޮތާއި ހަށިގަނޑު ކަނޑުފެއްތުމަށް ކުރި މަސައްކަތްތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެއެވެ. އެގޮތުން، ބޯޓު ބަނދަރުގައި އޮއްވާ އޭނާ މަރާލުމަށްފަހު، ފުރަތަމަ މޫދަށް ވައްޓާލައި، ފަހުން ރަށު ތެރެއިން މީހުން ހުސްވުމުން ހަށިގަނޑު ނަގައިގެން ގަލާއި ބަސްތާ އައްސައިގެން ކަނޑުގެ ފުން ހިސާބަކަށް ފެއްތި ކަމަށް އެމީހުން އިއުތިރާފުވެފައިވެއެވެ.

ގާޒީ ވިދާޅުވީ "މިފަދަ ތަފްސީލުތަކެއް ކިޔައިދެވޭނީ ހަމައެކަނި އެކަން ކުރި ބަޔަކަށް ކަމަށް ގަބޫލުކުރެވޭ" ކަމަށެވެ. މި މައްސަލައިގެ ހުކުމް ކުރުމުގެ ކުރިން ދެން އޮންނާނީ ލުތުފަރުގެ ވާރިސުންގެ ބަސް ހޯދުމުގެ މަރުހަލާއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޅައިމަގު ބޯޓެއްގެ ތެރޭގައި ލުތުފަރު މަރާލި މައްސަލަ ދެ މީހެއްގެ މައްޗަށް ސާބިތުވެއްޖެޚަބަރު | 3 ގަޑިއިރު ކުރިންފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފު ކުރުމުގެ ޖިނާއީ ދައުވާ އުފުލައިފިޚަބަރު | 2 މަސް ކުރިންޝިއާއުގެ މަރު: ދެ ދައުވާއެއް ސާބިތު، ޝާހިލްއަށް ތިން އަހަރުގެ ޖަލު ހުކުމެއްޚަބަރު | 3 މަސް ކުރިންވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި މީހަކަށް ވަޅިން ހަމަލާދިން މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 4 މަސް ކުރިން