logo
E-Platinum
ޚަބަރު

މިއަހަރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ދެ ބިލިއަނަށް ވުރެ މައްޗަށް އަރައިފި

ޝަހްޒާ މުހައްމަދު
31 ޖުލައި 2025 - 05:59
މީރާ ހިންގާ އިމާރާތް
މީރާ ހިންގާ އިމާރާތް

2025 ވަނަ އަހަރުގެ ޖުލައި 17 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 20,516.7 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސުން ހާމަކޮށްފިއެވެ.

މި މައުލޫމާތު ހާމަކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް"ގައެވެ.

މިއީ މި އަހަރަށް ލަފާކުރެވުނު 39,790.0 މިލިއަން ރުފިޔާގެ ތެރެއިން ލިބިފައިވާ މިންވަރެވެ.

އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ 76 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އަދި 23 އިންސައްތައަކީ ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީއެވެ. އަދި 1 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ. އާމްދަނީގެ އެންމެ ބޮޑު ކުރިއެރުމެއް ފެނިފައިވަނީ އިމްޕޯޓް ޑިއުޓީންނެވެ.

2025 ވަނަ އަހަރަށް ފާސްކުރެވިފައިވާ ބަޖެޓަކީ 49,178.5 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޖުލައި 17 ގެ ނިޔަލަށް ޚަރަދުވެފައިވަނީ 19,461.4 މިލިއަން ރުފިޔާއެވެ. ޚަރަދުތަކުގެ 88 އިންސައްތައަކީ ރިކަރަންޓް ޚަރަދުތަކެވެ. އަދި 12 އިންސައްތައަކީ ކެޕިޓަލް ޚަރަދުތަކެވެ.

އޮފީސްތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުންނެވެ. މި މިނިސްޓްރީން 1,605.0 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން 1,191.4 މިލިއަން ރުފިޔާއެވެ. އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން 1,074.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޖުމްލަ އާމްދަނީއާއި ޚަރަދަށް ބަލާއިރު، 1,055.3 މިލިއަން ރުފިޔާގެ ސާޕްލަސްއަކަށް ވަނީ އަރާފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު އިތުރުވެއްޖެ ޚަބަރު | 36 މިނިޓު ކުރިންފުރަތަމަ 26 ހަފްތާ: ޖުމުލަ އާމްދަނީގެ 76.3 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީޚަބަރު | 3 ގަޑިއިރު ކުރިންމިއަހަރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ދެ ބިލިއަނަށް ވުރެ މައްޗަށް އަރައިފި ޚަބަރު | ދުވަހެއް ކުރިންމިއަހަރު ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގައިފިޚަބަރު | ދުވަހެއް ކުރިން