logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރު ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގައިފި

ޝަހްޒާ މުހައްމަދު
31 ޖުލައި 2025 - 05:08
ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ތެރެއިން
ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ތެރެއިން

ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްސް (ޕީއެސްއައިޕީ) ގެ ދަށުން ޖުމްލަ 2.19 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 2.19 ބިލިއަން ރުފިޔާ ޕީއެސްއަޕީއަށް ޚަރަދުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެސްއައިޕީ މަޝްރޫއުތަކަށް މި އަހަރުގެ ބަޖެޓުގައި 12.3 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މި އަހަރު އެންމެ ބޮޑު ހޭދައެއްކުރީ އެއާޕޯޓް މަޝްރޫއުތަކަށެވެ.
އެ ގޮތުން އެއާޕޯޓް މަޝްރޫއުތަކަށް 882.9 މިލިއަން ރުފިޔާ ހަރަދުކުރިއިރު ބިން ހިއްކުމުގެ މަޝްރޫއުތަކަށް 277.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ހާބަރު މަޝްރޫއުތަކަށް 125.7 މިލިއަން ރުފިޔާ ހޭދަކުރިއިރު ބްރިޖު މަޝްރޫއަށް 165.5 މިލިއަން ރުފިޔާ މި އަހަރުގެ މިހާތަނަށް ހޭދަކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މަގު ހެދުމުގެ މަޝްރޫއުތަކަށް 71.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު , ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 108.6 މިލިއަން ރުފިޔާ އަދި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 61.3 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް 213 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި އިގްތިސޯދު ހިންދަމާލީ ރޭވުންތެރި ހިކުމަތްތެރި ފިޔަވަޅުތަކުގެ ނަތީޖާއިންރިޕޯޓް | 19 ދުވަސް ކުރިންރަސްމާލެ ދަތުރުފަތުރުގެ މާސްޓާ ޕްލޭން ހަދަން ކޮންސަލްޓަންޓެއް ހޯދަނީޚަބަރު | މަހެއް ކުރިން ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ ސައްލާ ހުރިހާ ރަށެއްގައި ބާއްވާ ނިންމާލައިފިޚަބަރު | 2 މަސް ކުރިންއޯޓީ ކެޕްކުރީ، ވަޒީފާގެ ރަސްމީ ވަގުތުގައި ފެންވަރު ރަނގަޅު ޚިދުމަތްދިނުމަށް ބާރު އެޅުމަށް: ފިނޭންސް މިނިސްޓްރީޚަބަރު | 3 މަސް ކުރިން