logo
Bank of Maldives

Bank of Maldives

ޚަބަރު

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު އިތުރުވެއްޖެ

އާމިނަތު ޝަފާ
1 އޯގަސްޓު 2025 - 09:46
ފިނޭންސް މިނިސްޓްރީ// ފޮޓޯ؛ މިހާރު
ފިނޭންސް މިނިސްޓްރީ// ފޮޓޯ؛ މިހާރު

އާމްދަނީގެ އިތުރުވުމާއި އެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު އިތުވެއްޖެއެވެ.

ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް އުފައްދާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 50.3 އިންސައްތައަށް އިތުރުވެ 1.1 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމާއި ގައުމަށް ދިމާވާ އިގުތިސާދީ ކާރިސާގެ ހާލަތްތަކުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުން ހިމެނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު އެސްޑީއެފް ފަންޑުގައި 200 މިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ޑޮލަރު ހުއްޓެވެ. އެކަމަކު ރައީސް ސާލިހު ސަރުކާރު ނިމުނުއިރު ފަންޑުގެ ބޮޑު ބަޔަކީ ރުފިޔާ އެވެ. އެ ފަންޑަށް އެމްޑީޕީ ސަރުކާރުން ބަރާބަކަށް ފައިސާ ޖަމާ ކުރިނަމަ އައު ސަރުކާރު ހަވާލުވީިއިރު ބިލިއަނެއްހާ ޑޮލަރު މި ފަންޑުގައި ހުންނާނެ އެވެ. ފަންޑަށް އަލުން ފައިސާ ޖަމާކުރަންފެށީ މި ސަރުކާރުންނެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް މި ސަރުކާރުންވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލުވެސް މަޖިލީހަށް ހުށަހަޅާފައެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު މެނޭޖުކޮށް ބެލެހެއްޓުމުގައި ކުރީ ސަރުކާރުތަކުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާއިރު އޮޑިޓް އޮފީހުން ބުނީ 31 ޑިސެންބަރު 2023 ވަނަ ދުވަހާ ހަމައަށް އެސްޑީއެފްގެ ފައިސާގެ 88 އިންސައްތަ އިންވެސްޓުކޮށްފައިވަނީ ސަރުކާރުގެ ސެކިއުރިޓީސްއަށްކަމަށާއިސަރުކާރުގެ ޑޮލަރު ޓްރެޝަރީ ބޮންޑުތަކަށް އެސްޑީއެފުން 138.74 މިލިއަން ޑޮލަރު އަދި ދިވެހި ރުފިޔާ ބޮންޑުތަކަށް 4.4 ބިލިއަން ރުފިޔާަ އިންވެސްޓުކޮށްފައިވާކަމަށެވެ.  

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު މެނޭޖުކޮށް ބެލެހެއްޓުމުގައި ފާއިތުވި 2 ދައުރުވެސް އިހުމާލުވެފައިވާކަމަށް ބުނެ މި އަހަރާއި އަންނަ އަހަރަކީ ބޮޑެތި އަދަދުތަކުން ދަރަނި އަދާކުރަންޖެހޭ ދެ އަހަރަށްވާއިރު ސަރުކާރުގެ ސެކިއުރިޓީސްއަށް އެސްޑީއެފުގެ ފައިސާއިން އިންވެސްޓުކޮށްފައި ހުރުމަކީ ދަރަނި އަދާކުރަންޖެހޭ މުއްދަތުގައި އެ ފަންޑުގެ ބޭނުން ހިފުމަށް ހުރަސްއެޅޭނެކަމެއްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުންވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން ކުޑަކޮށްފި ޚަބަރު | 3 ދުވަސް ކުރިންމާލޭގެ ކަނޑުތޮށި ވަރުގަދަކުރުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފިޚަބަރު | 7 ދުވަސް ކުރިންގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެއް އަހަރުން ނިންމާލެވޭނެ: ނަޝީތުޚަބަރު | 7 ދުވަސް ކުރިންމާލީ ވަޒީރުގެ އެޑްވައިޒަރަކަށް ކުރީގެ ވަޒީރު ހަމްދޫން ހަމީދުޚަބަރު | 22 ދުވަސް ކުރިން