logo
ޚަބަރު

ފިނޭންސްގެ އެޑްވައިޒަރަކަށް ކުރީގެ ވަޒީރު ހަމްދޫން ހަމީދު

ޝަހްޒާ މުހައްމަދު
26 އޯގަސްޓު 2025 - 06:08
މާލީ ވަޒީރުގެ އެޑްވައިޒަރަކަށް ކުރީގެ ވަޒީރު ހަމްދޫން ހަމީދު

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ އެޑްވައިޒަރެއްގެ މަޤާމަށް ކުރީގެ ވަޒީރު ހަމްދޫން ހަމީދު އައްޔަންކޮށްފިއެވެ.

ހަމްދޫން އެ މަގާމަށް އައްޔަންކޮށްފައިވާކަން މާލީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ހަމްދޫން މަލީ ވަޒީރުގެ އެޑްވައިޒަރަކަށް އައްޔަންކޮށްފައިވަނީ ކޮންދުވަހަކު ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އޭނާ މަޤާމަށް އައްޔަންކޮށްފައިވަނީ ވަޒީރެއްގެ ފެންވަރުގައި ކަމަށް މައުލޫމާތު ލިބެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، 2003 އިން 2008 އަށް ޕްލޭނިންގް އެންޑް ނޭޝަނަލް ޑިވެލޮޕްމެންޓް މިނިސްޓަރުގެ މަޤާމު އަދާކުރެއްވިއެވެ. އޭގެފަހުން، 2016 އިން 2018 އަށް ސިންގަޕޫރުގައި ދިވެހިރާއްޖޭގެ ނޮން ރެޒިޑެންޓް ސަފީރުކަން ކުރެއްވިއެވެ. މީގެ އިތުރުން، ދައުލަތަށް ދިގު މުއްދަތެއްގައި އެކި ދާއިރާތަކުން ޚިދުމަތް ކުރައްވާފައިވެއެވެ.

މިހާރު މިނިސްޓްރީ އޮފް ފިނޭންސްގެ އެޑްވައިޒަރެއްގެ މަޤާމަށް ހަމްދޫން ހަމަޖެހިވަޑައިގެންފައިވާއިރު،އޭނާ ހާއްސަވެފައިވަނީ ޕޭލްނިންގް ދާއިރާއަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލީ ވަޒީރުގެ އެޑްވައިޒަރަކަށް ކުރީގެ ވަޒީރު ހަމްދޫން ހަމީދުޚަބަރު | 8 ދުވަސް ކުރިންމިއަހަރުގެ ޖޫން މަހު ދައުލަތަށް 2.9 ބިލިޔަން ރުފިޔާޚަބަރު | 12 ދުވަސް ކުރިންފުރަތަމަ ހަތް މަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިއަން ރުފިޔާވިޔަފާރި | 18 ދުވަސް ކުރިންކައުންސިލުތަކުގެ އާމްދަނީ އިތުރުކުރުމާ ގުޅޭ މަޝްވަރާތަކެއް ފަށައިފިޚަބަރު | މަހެއް ކުރިން