ކައުންސިލުތަކުގެ އާމްދަނީ އިތުރުކުރުމާ ގުޅޭ މަޝްވަރާތަކެއް ފަށައިފި
6 އޯގަސްޓު 2025 - 11:38

ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް، ރަށްރަށުގެ އިޤުތިޞާދު ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ފަށައިފިއެވެ.
މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ފިނޭންސް މިނިސްޓްރީއާއި، ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓްރީއާއި ގުޅިގެންނެވެ.

Ad by Hajj Corporation
ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް، ރަށްރަށުގެ އިޤުތިޞާދު ތަރައްޤީކޮށް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ސިޓީސް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ބޭކިންގ ސިސްޓަމްގެ ތެރެއިން ކައުންސިލުތަކަށް ފައިނޭންސް ލިބޭނޭ ގޮތް ފަހިކޮށްދިނުމަށާއި، ކައުންސިލުތަކަށް އާމްދަނީ ހޯދައިދިނުމުގެ ގޮތުން، އަތޮޅު ފިހާރަތަކުން ލިބޭ ކުލި، ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލުތަކަށް ޖަމާކުރުމަށާއި، ކައުންސިލުގެ ބްލޮކް ގްރާޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ 5 އިންސައްތައަކީ ހަމައެކަނި އެ ކޮމިޓީން ހިންގަން ބޭނުންވާ ޙަރަކާތްތަކަށް ޚާއްޞަކުރެވޭ އެއްޗަކަށް ހެދުމަށާއި، ކައުންސިލުތަކަށް ބްލޮކް ގްރާންޓް ދޭ އުސޫލަށް ހެޔޮ ބަދަލެއް ގެނައުމަށާއި، ލޯކަލް އޮތީރިޓީ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ފައިނޭންސް ކުރާނެ ފަރާތްތައް ހޯދައިދިނުމުގެ ކަންކަން ތާވަލާ އެއްގޮތަށް ކާމިޔާބުކަމާއެކު ތަންފީޒުކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަކަމަށެވެ.
ފިނޭންސް މިނިސްޓްރީއާއެކު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން އިސްވެރިއެއްގެ ގޮތުގައި ބައިވެރިވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމެވެ. ސްޓޭޓްމިނިސްޓަރ އަޙްމަދު ސާލިމްގެ އަރިހުގައި މިނިސްޓްރީގެ އެލްޖީ ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.