logo
Bank of Maldives

Bank of Maldives

ޚަބަރު

މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުރި އުޅަނދުތައް ނަގަނީ

އައިމިނަތު މޫސާ
16 އޯގަސްޓު 2025 - 05:35
މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުރި އުޅަނދުތައް ނަގަނީ

މާލެސިޓީގެ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ފުލުހުން ބުނީ މި މަސައްކަތް ފަށާފައިވަނީ ފުލުހުންނާއި، މާލޭ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާ ގުޅިގެން ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން ނަގަނީ އާންމުންނަށް ދަތިވާ ގޮތަށް ދިގު މުއްދަތަކަށް ބޭނުން ނުކޮށް މަގުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނީ މި މަސައްކަތަކީ މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށެވެ.

ހުޅުމާލޭގެ އިތުރުން މާލޭގައި ވެސް ގަވައިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އެގޮތުން ޕާކު ކުރުން މަނާ ސަރަޙައްދުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ބަހައްޓާފައިވާ އުޅަނދުތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

ގްރީން ޒޯން ސަރަހައްދާއި ސަލްމާން މިިސްކިތް ހިމެނޭ ސަރަހައްދުގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިން ޒޯންތައް ފިޔަވާ އެ ނޫން ތަންތަނުގައި ޕާކް ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ. އަދި މާލޭގެ ބާރުބޮޑު ސަރަހައްދުގައި ބަރު އުޅަނދު ޕާކް ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމާރާތަކުން ދެ މީހަކު ވެއްޓި އަނިޔާވެއްޖެޚަބަރު | 3 ގަޑިއިރު ކުރިންމާލޭގެ މަގުމައްޗަށް ގޮދަޑިއެއް ދޫކޮށްލި ފަރާތެއް ހޯދަނީޚަބަރު | 4 ގަޑިއިރު ކުރިންޓީޖެޓީ ސަރަހައްދު ސާފުކުރުމުގެ ހަރަކާތް: ދެ ދުވަހު ތެރޭ 19 ޓަނުގެ ކުނި އުކާލައިފިޚަބަރު | ދުވަހެއް ކުރިންމާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދީފިޚަބަރު | ދުވަހެއް ކުރިން