އިމާރާތަކުން ދެ މީހަކު ވެއްޓި އަނިޔާވެއްޖެ
27 ޖޫން 2026 - 13:50

މާލޭގެ މަޖީދީމަގުގައި ހުރި އިމާރާތެއްގެ ފުރަތަމަ ބުރިން ދެ މީހަކު ވެއްޓިގެން މިއަދު ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

Ad by Hajj Corporation
މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް މީހަކަށާއި 39 އަހަރުގެ ބަންގްލަދޭޝް މީހަކަށެވެ. މި ދެ މީހުންނަށް މިހާރު އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާ ދެމުންދާކަން އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެމީހުންގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ބިދޭސީންނަކީ ޕޮއިސް ޕާފިއުމް ހުންނަ އިމާރާތުގައި މަސައްކަތް ކުރަމުންދިޔަ ދެ މީހުންނެވެ. އަދި އެމީހުން މަސައްކަތް ކުރަމުންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމައަށް ނާޅާ ކަމަށްވެސް ވަނީ އެނގިފައެވެ.


