logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް މުޢިއްޒު، ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ބައްދަލުކުރައްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ޖޫން 2026 - 17:02
ރައީސް ފުލުހުންގެ އެގްޒެކްޓިވް ބޯޑާ ބައްދަލުކުރެއްވުން، ފޮޓޯ: ޕޮލިސް
ރައީސް ފުލުހުންގެ އެގްޒެކްޓިވް ބޯޑާ ބައްދަލުކުރެއްވުން، ފޮޓޯ: ޕޮލިސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ. ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، މުއައްސަސާގެ ހިންގުން ހަރުދަނާކުރުމާއި، ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ހިދުމަތް ދޭން މިހާރު ފެށިފައިވާއިރު، މުއައްސަސާގެ އިދާރީ ހިންގުން ހަރުދަނާކުރުމުގައި އެގްޒެކެޓިވް ބޯޑުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އެމަނިކުފާނު ބައްލަވައިލެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އާއި އެގްޒެކެޓިވް ބޯޑުގެ މެންބަރުން ވަނީ ފުލުހުންގެ ސްޓްރެޓީޖިކް މަގުސަދުތައް ހާސިލުކުރުމަށާއި، ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަން ގާއިމުކުރުމުގައި ސާބިތުކަމާއެކު ދެމިތިއްބަވާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް ބޯޑުގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުޢިއްޒު، ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ބައްދަލުކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންވިޔަފާރިއާއި އިޤުތިޞާދު ކުރިއެރުވުމަށް އެމެރިކާ އާއެކު މަޝްވަރާކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންއިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޝަކީލް އައްޔަންކުރައްވައިފިޚަބަރު | 9 ގަޑިއިރު ކުރިންފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިޚަބަރު | 12 ގަޑިއިރު ކުރިން