logo
Bank of Maldives

Bank of Maldives

ވިޔަފާރި

ފުރަތަމަ ހަތް މަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިއަން ރުފިޔާ

އައިމިނަތު މޫސާ
16 އޯގަސްޓު 2025 - 06:05
ރާއްޖެއަށް ފަތުރުވެރިންތަކެއް ޒިޔާރަތްކުރަނީ
ރާއްޖެއަށް ފަތުރުވެރިންތަކެއް ޒިޔާރަތްކުރަނީ

މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 102 އިންސައްތައިގެ އިތުރުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މީރާގެ ޖުލައި މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 632 މިލިޔަން ރުފިޔާއާ އަޅާބަލާއިރު މިއަހަރު ވަނީ ފާހަގަކުރެވޭ ކުރިއެރުމެއް ހޯދިފައެވެ. ގްރީން ޓެކުހަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން ކޮންމެ މަހަކު ބަޔާން ހުށަހަޅައި، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ފައިސާ ދައްކަންޖެހެއެވެ.

ރިސޯޓުތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިން އެތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 12 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓް ހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހުންނަ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 12 ޑޮލަރު، އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ހުންނަ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 6 ޑޮލަރު، ގްރީން ޓެކުހުގެގޮތުގައި ނަގައެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާ ގުޅުންހުރި އެކިއެކި މަޝްރޫއުތަކަށް ހަރަދުކުރަމުންނެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް އަދި ފެނުގެ ނިޒާމް ގާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރިޕްއެޑްވައިޒަރގެ "ބެސްޓް އޮފް ދަ ބެސްޓް" ލިސްޓުގައި ރާއްޖެޚަބަރު | 3 ދުވަސް ކުރިންއަހަރުގެ ފުރަތަމަ 14 ދުވަހު ލައްކައެއްހާ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި!ޚަބަރު | 7 ދުވަސް ކުރިންފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ހިތާދޫ ގެސްޓްހައުސްތަކަށް މައުލޫމާތު ދީފިޚަބަރު | 8 ދުވަސް ކުރިންރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ގިނަ ހަރަކާތްތަކެއްޚަބަރު | 9 ދުވަސް ކުރިން