logo
Bank of Maldives

Bank of Maldives

ޚަބަރު

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެއް އަހަރުން ނިންމާލެވޭނެ: ނަޝީތު

އައިމިނަތު މޫސާ
9 ސެޕްޓެމްބަރު 2025 - 16:02
ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެއް އަހަރުން ނިންމާލެވޭނެ: ނަޝީތު

20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ނެކްސްއެއަރ މޯލްޑިވްސްގެ ގަވަނަންސް ސްޕެޝަލިސްޓް ނަޝީތު ތޯހާ ވިދާޅުވެއްޖެއެވެ.

ގައުމީ ތަރައްގީގެ ޕްލޭނަކީ ވަރަށް ބޮޑަށް ދިރާސާކޮށްގެން އެކުލަވާލާ 20 އަހަރުގެ ޕްލޭނެކެވެ. ޕްލޭނަށް ބޭނުންވާ މަޢުލޫމާތު މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން އެއްކުރާނެއެވެ. އެގޮތުން ވަކިވަކި ރަށްތަކާއި ޤައުމީ ފެންވަރުގެ ނިންމުންތަކާއި ވަކިވަކި ދާއިރާތަކުން ޚާއްސަ ޕްލޭންތައް ހަދާނެއެވެ. މި ޕްލޭން ތައްޔާރުކުރާނީ ޤާނޫނީ ބާރުވެރިކަން ލިބޭގޮތަށެވެ. ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެއް އަހަރު ދުވަހުން ނިންމުމަކީ ސަރުކާރުގެ ޢަމާޒެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންދުރުޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނަޝީތު ވިދާޅުވީ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާގެ ކުރިއަށްދާއިރު ރައްޔިތުންގެ އެއްބާރުލުން ލިބޭ މިންވަރު އުންމީދު ކުރި ވަރަށް ވުރެން ރަގަނޅުވުމުގެ ސަބަބުން ސަރުކާރުން އަމާޒު ކުރާ މުއްދަތަށް ނިންމާލެވޭނެ ކަމަށެވެ. އަދި ގިނަ ރައްޔިތުންގެ ފަރާތުން ފާހަގަ ކޮށްފައިވަނީ ބަދަލުނުވާނެ ގޮތަށް ބައެއް ކަންކަން އެކުލަވާލުމަށް ކަން ފާހަގަ ކުރައްވާ ނަޝީތު ވިދާޅުވީ ކުއްލި ކުއްލި އަށް ސިޔާސަތުތައް ބަދަލުވެގެންދިއުމުގެ ސަބަބުން ރައްޔިތުންގެ އަތުން ދާ ހަރައްދުތައް ބޮޑުވެގެން ދެއެވެ.

އަޅުގަނޑުމެންނަށް ހީކުރި ވަރަށް ވުރެން ބޮޑަށް ރައްޔިތުންގެ ސަޕޯޓު މިކަމުގައި އެބަލިބޭ، މި އަޅުގަނޑުމެން ބައްދަލުކުރާ ގިނަ ރައްޔިތުން އެބަ ބޭނުންވޭ ބަދަލުނުވާނެ ގޮތަކަށް ވަކި ކަންކަމެއް އެކުލެވިފައި ހުންނަށް، އެބަ ވިސްނޭ ކުއްލި ކުއްލިއަށް ސިޔާސަތުތައް ބަދަލުވެގެން ދިޔައީމަށް ގެއްލުންތަކެއް ވާކަން ހަރަދުތަކެއް ބޮޑުވެގެންދާ ކަން. ނެކްސްއެއަރ މޯލްޑިވްސްގެ ގަވަނަންސް ސްޕެޝަލިސްޓް ނަޝީތު ތޯހާ

ނަޝީތު ވިދާޅުވީ ފްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ބައެއް ރަށްރަށުގެ ރައްޔިތުންވަނީ ރާއްޖޭގެ ސިޔާސަތައް އަންނަ ބަދަލުތަކުގެ ސަބަބުން ރަށުގެ ތަރައްގީގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް ނުވަތަ މަސައްކަތްތައް ހުއްޓުމަކަށް ދާކަން ފާހަގަކޮށްފައިކަމަށެވެ.

ނަޝީތު ވިދާޅުވީ އެންމެ ފުރަތަމަ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވަނީ ސަރުކާރުގެ ވުޒާރާތަކާއެކު ކަމުން، މިހާރު ރާއްޖޭގެ ހާލަތު އޮތީ ކޮންކަހަލަ ހާލަތެއްކަން ދެނެގަތުމާއި ކުރިމަގުގެ ތަސައްވަރަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތްކަމަށް މި ނިމިދިޔަ ދެ ހަފްތާ ތެރޭގައި ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއެކު ކުރެވިފައިވާކަމަށެވެ.

ނަޝީތު ފާހަގަ ކުރެއްވިގޮތުގައި ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ މަޤްޞަދަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި އިޤްތިޞާދީ، އިޖްތިމާއީ، ތިމާވެށި، އަދި އާބަން ޑިވެލޮޕްމަންޓުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކަށައެޅުމެވެ.

ޤައުމީ ތަރައްޤީގެ ޕްލޭންގެ މަސައްކަތްތައް ފައްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއް 2024 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 17ވަނަ ދުވަހުއެވެ. "ޤައުމީ ތަރައްޤީގެ ޕްލޭން"އަކީ 2025އިން 2045އަށް ރާއްޖޭ ތަރައްޤީވެގެން އަންނާނެ ގޮތުގެ ތަޞައްވުރާ އޭގެ ސްޓްރެޓެޖިކް ޕްލޭނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުސާރައަށް ގެންނަ ހެޔޮ ބަދަލުތައް އާއްމުކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންލިބުނީ ބަނގުރޫޓް ވެދާނެކަމުގެ ރަނގަބީލު! ވާރުތަވި ހާލަތުން އަރައިގަތުމުގެ ފިޔަވަޅުތަކާއެކު އުންމީދުރިޕޯޓް | 21 ގަޑިއިރު ކުރިން2026 ވަނަ އަހަރު އިގުތިޞާދީ ދުވެލި 5.3 އިންސައްތައިގައި ކުރިއަރާނެޚަބަރު | 2 ދުވަސް ކުރިންއަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު,މިމަސް ނިމުމުގެ ކުރިން ހުށަހަޅަނީޚަބަރު | 9 ދުވަސް ކުރިން