logo
Bank of Maldives

Bank of Maldives

ޚަބަރު

މުސާރައަށް ގެންނަ ހެޔޮ ބަދަލުތައް އާއްމުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ނޮވެމްބަރު 2025 - 03:29
މުސާރައަށް ގެންނަ ހެޔޮ ބަދަލުތައް އާއްމުކޮށްފި

ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށް ގެންނަ ބަދަލުތަކުގެ ތަފްސީލުތައް ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކޮށްފި އެވެ.

މި ބަދަލުތަކުގެ ތެރޭގައި 8 ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީގެ ވެބްސައިޓުގައި ހާމަކޮށްފައިވާ މުސާރަ އާއި އިނާޔަތްތަކުގެ ބަދަލުތައް ހިމެނޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ: ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް، އެޑިއުކޭޝަނަލް ސާވިސް، ހެލްތު ސާވިސް، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ސާވިސް، ލީގަލް، ކަލްޗާ އެންޑް ސޯޝަލް ސާވިސް، ޕްރޮޓެކްޓިވް ސާވިސް، ސައިންސް އެންޑް ބިލްޓު އެންވަޔަރްމަންޓް ސާވިސް، އަދި ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް އެވެ.

މި ބަދަލުތައް އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު ވެވަޑައިގެންނެވި ވައުދަކާ ގުޅިގެންނެވެ. އެމަނިކުފާނު އޭރު ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުކޮށް ތިބި، ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އާ ޕޭ ފްރޭމްވޯކްގައި ފަންނުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ އެ ފަންނެއްގެ ފަންނުވެރިކަމަށާއި އުފުލަންޖެހޭ ބުރަ އަދި މަސައްކަތްކުރަންޖެހޭ މާހައުލު ފަދަ ކަންކަމަށް ބަލައިގެންނެވެ. އޭނާ ވިދާޅުވީ، މުސާރަ އާއި އިނާޔަތްތަކުގެ ތެރޭގައި އެ ފަންނެއްގައި ނަގަން ޖެހޭ ރިސްކަށް ބަލާނެ ކަމަށާއި، ވަކި ރިސްކު އެލަވަންސެއް ނުދިނަސް ރިސްކަށް ހުށަހެޅޭ މީހުންނަށް ބަދަލު ދެވޭނެ ކަމަށެވެ.

މިނިސްޓްރީން ވަނީ ސިވިލް ސާވިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ބޭސިކް މުސާރަ، މިނިމަމް ވޭޖަށް ވުރެ ކުޑަނުވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރަ އާއި އެލަވަންސްތައް، އާ ޕޭ ފްރޭމްވޯކަށް ބަދަލުވާއިރު މަދު ނަމަ، އެ މުވައްޒަފަކަށް މައިގްރޭޝަން އެލަވަންސެއް ހަމަޖައްސައިދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މި އެލަވަންސް ދިނުމުގެ އުސޫލު ވެސް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މުސާރަތަކަށް ގެނައި ބަދަލުތަކުގެ ހުރިހާ ތަފްސީލެއް މިއަދު (ހޮނިހިރު ދުވަހު) ހާމަކުރާނެ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި 600 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެޚަބަރު | 6 ދުވަސް ކުރިންރޯދަ އިނާޔަތް މި މަހުގެ 12 ކުރިން ޚަބަރު | މަހެއް ކުރިންދިވެހި އިގްތިސޯދު ހިންދަމާލީ ރޭވުންތެރި ހިކުމަތްތެރި ފިޔަވަޅުތަކުގެ ނަތީޖާއިންރިޕޯޓް | 3 މަސް ކުރިންރަސްމާލެ ދަތުރުފަތުރުގެ މާސްޓާ ޕްލޭން ހަދަން ކޮންސަލްޓަންޓެއް ހޯދަނީޚަބަރު | 3 މަސް ކުރިން