logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމާލެ ދަތުރުފަތުރުގެ މާސްޓާ ޕްލޭން ހަދަން ކޮންސަލްޓަންޓެއް ހޯދަނީ

އާމިނަތު ޝަފާ
9 ޑިސެމްބަރު 2025 - 04:39
ރަސްމާލެ ދަތުރުފަތުރުގެ މާސްޓާ ޕްލޭން ހަދަން ކޮންސަލްޓަންޓެއް ހޯދަނީ

ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން ޕްރޮޖެކްޓުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާންގައި ވަނީ، ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން ޕްރޮޖެކްޓުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އިއުލާނުގައި ވާގޮތުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެމަތިން، ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން ޕްރޮޖެކްޓުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.ވީމާ، މިސައްކަތަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

މި ކޮންސަލްޓެންސީގެ މައިގަނޑު މަޤްޞަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓަރ ޕްލޭނެއް އެކުލަވައިލުމެވެ. މި މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ ވެރިކަންކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމެވެ.

މި މަސައްކަތައް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ފަންނީ ޤާބިލު ކަން، ގުޅޭ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލްތައް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ޤާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މަޢުލޫމާތު ހިމެނޭހެން) ހުށަހެޅުމަށް ވަނީ އެދިފައެވެ. މި ޚިދުމަތްދޭނެ ފަރާތެއް ޝޯޓްލިސްޓް ކުރުމަށް ހަމަޖެހިފައިވާ ކްރައިޓީރިއާ ޓާމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ހިމަނާފައިވެއެވެ.

ކޮންސަލްޓަންޓެއް ހޮވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) މެތަޑް އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅަންވާނީ ޓާމްސް އޮފް ރެފަރެންސް (ޓީ.އޯއާރު) ގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި އޭގައިވާ އެންމެހައި މައުލޫމާތު ހިމެނޭހެންކަމަށްފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެގޮތުން މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޑިސެންބަރު 2025 ވާ ބުދަ ދުވަހު 14:00:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް މިނިސްޓްރިއަށް ފޮނުވުމަށް ވަނީ އެދިފައެވެ. 

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 215 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާ ވަނީ ނިންމާލާފައެވެ. ރަސްމާލެއިން ޖުމްލަ 25000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެ ދަތުރުފަތުރުގެ މާސްޓާ ޕްލޭން ހަދަން ކޮންސަލްޓަންޓެއް ހޯދަނީޚަބަރު | 2 ގަޑިއިރު ކުރިން ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ ސައްލާ ހުރިހާ ރަށެއްގައި ބާއްވާ ނިންމާލައިފިޚަބަރު | 23 ދުވަސް ކުރިންއޯޓީ ކެޕްކުރީ، ވަޒީފާގެ ރަސްމީ ވަގުތުގައި ފެންވަރު ރަނގަޅު ޚިދުމަތްދިނުމަށް ބާރު އެޅުމަށް: ފިނޭންސް މިނިސްޓްރީޚަބަރު | މަހެއް ކުރިންމުސާރައަށް ގެންނަ ހެޔޮ ބަދަލުތައް އާއްމުކޮށްފިޚަބަރު | މަހެއް ކުރިން