logo
Bank of Maldives

Bank of Maldives

ޚަބަރު

ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ބުރޫނާރެނެ ކަމުގެ ޔަގީންކަން!

އައިޝަތު އިނާޝާ
19 އޭޕްރީލު 2026 - 13:24
ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ބުރޫނާރެނެ ކަމުގެ ޔަގީންކަން!

ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ބުރޫނާރެނެކަން ކަށަވަރުކޮށް، ދައުލަތުގެ ޚަރަދުތައް އެކަށޭނެ މިންވަރެއްގައި ހިފަހައްޓާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފިއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގަށް އަންނަ ބަދަލުތަކާއި، ދައުލަތަށް ލިބޭ އާމްދަނީއަށް ކުރާ އަސަރާއި، ބޭރު ފައިސާ ބޭރުވާ މިންވަރު އިތުރުވުމާ ގުޅިގެން، ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވެފައިވާ ޕްރެޝަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމުގެ މުހިންމު ފިޔަވަޅުތަކެއް ކަނޑައަޅާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދުމުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ހުށަހެޅި ހުށަހެޅުމުގައި ބަޔާންކޮށްފައިވަނީ، އާމްދަނީ މަދުވުމާއި، ރިކަރަންޓް ޚަރަދު އިތުރުވުމާއި، ރިޒާވުން ފައިސާ ބޭރުވާ މިންވަރު އިތުރުވުމުގެ ސަބަބުން އުފެދިފައިވާ ފަރަގު ކުޑަކުރުމަށްޓަކައި ޚަރަދުތައް އެކަށޭނަ މިންވަރެއްގައި ބެހެއްޓުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެ މިނިސްޓްރީން ހާމަކުރި ގޮތުގައި ބަޖެޓު ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް މިހާރުވެސް ދަނީ ތަންފީޒުކުރަމުންނެވެ. އަދި ޚަރަދުތައް އިޞްލާޙުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެކުލަވާލައި، އެކަންކަން މިހާރު ދަނީ ދިރާސާކުރަމުންނެވެ. މީގެ އިތުރުން، މާލީ ދާއިރާ މެދުވެރިކޮށް ބޭރު ފައިސާއިން ކުރާ ޚަރަދުތަކާއި ބޭރު ފައިސާ ބޭރުވާ މިންވަރު މެނޭޖުކުރުމުގެ ސިޔާސަތުތައްވެސް ދަނީ މުރާޖަޢާކުރަމުންނެވެ.

މިނިސްޓްރީގެ އަންދާޒާތަކުން ދައްކާގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، 2026 ވަނަ އަހަރަށް ލަފާކުރި ބަޖެޓަށްވުރެ ތެލުގެ ސަބްސިޑީއަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވެގެންދާނެއެވެ.

މި ހާލަތާ ގުޅިގެން ހުށަހެޅިފައިވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަކީ ދައުލަތުގެ ކޭޝް ފްލޯއާއި، ބަޖެޓާއި އަދި ރިޒާވަށް ކުރިމަތިވާ ޕްރެޝަރުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. މިއީ ބޭރުގެ މާޙައުލަށް އަންނަ ބަދަލުތަކާ އެއްގޮތަށް ސަރުކާރުން އިޖާބަދިނުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި މި ގޮންޖެހުންތައް މެނޭޖުކުރުމަށްޓަކައި އިތުރު ފައިނޭންސިންގ ހޯދުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ބުރޫނާރެނެ ކަމުގެ ޔަގީންކަން!ޚަބަރު | 2 ގަޑިއިރު ކުރިންސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ %33 މަދުކުރަން ފިނޭންސުން އަންގައިފިޚަބަރު | ދުވަހެއް ކުރިންދައުލަތުގެ އާމްދަނީ 10 އިންސައްތަ އިތުރުވެ، 10 ބިލިއަން ރުފިޔާއަށްޚަބަރު | 18 ދުވަސް ކުރިންޚަރަދު ކުޑަކުރުމަށްޓަކާ ރާއްޖޭން ބޭރަށް ކުރާ ދަތުރުތަށް ހުއްޓާލައިފި!ޚަބަރު | 25 ދުވަސް ކުރިން