logo
MPL

MPL

ޚަބަރު

ޚަރަދު ކުޑަކުރުމަށްޓަކާ ރާއްޖޭން ބޭރަށް ކުރާ ދަތުރުތަށް ހުއްޓާލައިފި

އައިޝަތު ނަޝާ
25 މާރިޗު 2026 - 16:41
ޚަރަދު ކުޑަކުރުމަށްޓަކާ ރާއްޖޭން ބޭރަށް ކުރާ ދަތުރުތަށް ހުއްޓާލައިފި!

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް ރާއްޖެ އިން ބޭރަށް ސަރުކާރުގެ ފަރާތުން ކުރާ ދަތުރުތައް މިވަގުތަށް ހުއްޓާލާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަދަލުތައް ގެނައީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ދައުލަތުގެ ކޭޝްފްލޯއަށް ބަދަލުތަކެއް އަންނަމުންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ފޮރިން މިނިސްޓްރީން ކުރަން ޖެހޭ ޑިޕްލޮމެޓިކް ދަތުރުތައް ކުރިއަށް ދިޔަ ނަމަވެސް އެހެން މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ދަތުރުތައް މަޑުޖައްސާލާފައިވާ ކަމަށެވެ.

މީގެ އިތުރުން، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ވަޒީރު ޒަމީރު ވިދާޅުވީ، ނުދައްކައި ހުރި ފައިސާގެ ބޮޑު ބައެއް މިހާރު ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް، ބައެއް ބިލްތަކަކީ ހަވާލުކުރަން ނުޖެހޭ ފައިސާ ކަމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވާފައިވާތީ، އެފަދަ ބިލްތަކަށް ފައިސާ ދޫކުރުން މަޑުޖައްސާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީރު ޒަމީރު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ފަދައިން، އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދޫކުރުމަކީ ސަރުކާރުން އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި މައްސަލަ ހުރި ބިލުތަކުގެ ކަންކަން ހައްލުކުރުމަށްފަހު، އެ ފައިސާ ދެއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުވެއިތު ފަންޑުން ރާއްޖެއަށް ދޭ ލޯނު ލިމިޓު 40 މިލިއަން ޑޮލަރަށް، ވޭމަންޑޫ ހޮސްޕިޓަލް އަޅަން 9.7 މިލިއަން ޑޮލަރުޚަބަރު | 14 ގަޑިއިރު ކުރިންދައުލަތުގެ އިދާރާތަކުން ނުދައްކާ ހުރި ބިލްތައް މީރާގެ ޓެކުހަށް ބަދަލުކޮށް އަޅައިކެނޑޭނެ މަގު ފަހިކޮށްދީފިޚަބަރު | 4 ދުވަސް ކުރިންދައުލަތުގެ އާމްދަނީ 33 ބިލިއަން ރުފިޔާ ހުރަސްކޮށްފި، އެންމެ ބޮޑު ކުރިއެރުމެއް ޓެކުހުންޚަބަރު | 4 ދުވަސް ކުރިންމަޝްރޫއުތަކުގެ މަދުވެގެން 70 ޕަސެންޓް ނިންމަން އަމާޒު، ރިޒާވް 900 މިލިއަން ޑޮލަރަށް އަރާނެ ކަމުގެ އުންމީދުރިޕޯޓް | 6 ދުވަސް ކުރިން