logo
Bank of Maldives

Bank of Maldives

ޚަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު,މިމަސް ނިމުމުގެ ކުރިން ހުށަހަޅަނީ

އައިޝަތު ނަޝާ
23 އޮކްޓޯބަރު 2025 - 06:58
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު,މިމަސް ނިމުމުގެ ކުރިން ހުށަހަޅަނީ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިމަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ބަޖެޓު ތައްޔާރުކުރުމަށްޓަކައި ހުރިހާ މައުލޫމާތެއް އެއްކޮށް، ފުރަތަމަ ޑްރާފްޓް ތައްޔާރުކުރުމަށްފަހު އަންނަ އަހަރު ކުރިއަށްގެންދާ މަޝްރޫއުތައް ބަޖެޓުގައި ހިމެނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާއި،މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އަންނަ އަހަރަށް އިއުލާން ކުރައްވާ މަޝްރޫއުތައް ވެސް ހިމެނޭނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ޤާނޫނުގައިވާ ގޮތަށް މިމަސް ނިމުމުގެ ކުރިން ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޒަމީރު އިތުރަށް ވިދާޅުވީ، ބަޖެޓު އެކުލަވާލަނީ ރާއްޖޭގެ ޢާމްދަނީއަށް ބަލައިގެން ކަމަށާއި،ބައެއް ޕްރޮޖެކްޓްތަކަށް ސަޕްލަޔަރ ކްރެޑިޓްގެ ބަދަލުގައި ކޮންޓްރެކްޓަރ ފައިނޭންސިން މެދުވެރިކޮށް އަދި ހިލޭ އެހީއާއި، މަލްޓިލެޓްރަލް އެޖެންސީތަކުން ލިބޭ ލޯނުގެ އިތުރުން ބޭރުގެ ޤައުމުތަކުން ލިބޭނެ އެހީތަކާ އެކު ފަންޑުކުރާނެ ކަމަށެވެ.

ބަޖެޓުގައި ހިމަނާ ޚަރަދުތަކުގެތެރޭގައި ރިކަރަންޓް ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތައް ހިމެނެއެވެ. އޭގެތެރޭގައި މަހުން މަހަށް ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާ ޚަރަދުތަކުގެ އިތުރުން ލޯނު ދެއްކުމުގެ ޚަރަދުތައް ހިމެނެއެވެ. އަދި ބަޖެޓުގައި، ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާނެ ޢަދަދުތައްވެސް ހިމަނާނެއެވެ.

ޤާނޫނުގައިވާ ގޮތުގެ މަތިން، ކުރިއަށްއޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އަހަރު ނިމުމުގެ ދެ މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންޖެހެއެވެ.  އަދި ބަޖެޓު ފާސްކުރާނީ މުޅި މަޖިލިހާއި ކޮމިޓީ މަރުހަލާގައި ބަހުސްތައް ބޭއްވުމަށްފަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެ ދަތުރުފަތުރުގެ މާސްޓާ ޕްލޭން ހަދަން ކޮންސަލްޓަންޓެއް ހޯދަނީޚަބަރު | 8 ދުވަސް ކުރިން ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ ސައްލާ ހުރިހާ ރަށެއްގައި ބާއްވާ ނިންމާލައިފިޚަބަރު | މަހެއް ކުރިންއޯޓީ ކެޕްކުރީ، ވަޒީފާގެ ރަސްމީ ވަގުތުގައި ފެންވަރު ރަނގަޅު ޚިދުމަތްދިނުމަށް ބާރު އެޅުމަށް: ފިނޭންސް މިނިސްޓްރީޚަބަރު | 2 މަސް ކުރިންމުސާރައަށް ގެންނަ ހެޔޮ ބަދަލުތައް އާއްމުކޮށްފިޚަބަރު | 2 މަސް ކުރިން