logo
Bank of Maldives

Bank of Maldives

ޚަބަރު

ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ޚިޔާލު ހޯދުމުގެ ސައްލާ ހުރިހާ ރަށެއްގައި ބާއްވާ ނިންމާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ނޮވެމްބަރު 2025 - 17:21
ތަރައްގީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް ކ. މާފުށީގައި ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ ޚިޔާލު ހުށަހަޅަނީ، ފޮޓޯ: މާފުށީ ކައުންސިލް
ތަރައްގީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް ކ. މާފުށީގައި ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ ޚިޔާލު ހުށަހަޅަނީ، ފޮޓޯ: މާފުށީ ކައުންސިލް

ކުރިއަށް އޮތް 20 އަހަރަށް ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި އެކުލަވައިލާ، ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދިޔަ "ކުރިމަގު ސައްލާ" ގެ ބައްދަލުވުންތައް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބާއްވައި ނިންމާލައިފި އެވެ.

މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ، ދުރުރާސްތާ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ކުރިމަގު ސައްލާ" ބައްދަލުވުންތައް ފެށިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ކ. ގުރައިދޫގަ އެވެ. ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށު ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރުގެ އިދާރާތައް ތަމްސީލްކުރައްވާ ފަރާތްތައް ވެސް ހިމެނޭގޮތަށް ރައްޔިތުންގެ ބައިވެރިވުން ހޯދައި، އެބޭފުޅުންގެ ޚިޔާލާއި މަޝްވަރާތައް ވަނީ އެއްކޮށްފަ އެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ "ނެކްސިޔާ މޯލްޑިވްސް" އާއެވެ.

"ނެކްސިޔާ މޯލްޑިވްސް" އިން ހާމަކުރެއްވި ގޮތުގައި، މި ބައްދަލުވުންތައް ނިންމާލާފައިވަނީ ރޭގެ ނިޔަލަށެވެ. ކުރިމަގު ސައްލާގެ އެންމެ ފަހުގެ ބައްދަލުވުންތައް ރޭ ބާއްވާފައިވަނީ މާލޭ ސަރަޙައްދުން ހުޅުމާލޭގެ އިތުރަށް، ކ. ހިންމަފުށްޓާއި ހުރާގަ އެވެ. މިއާއެކު، މިހާތަނަށް ޖުމްލަ 189 ރަށުގައި މި ބައްދަލުވުންތައް ކުރިއަށްގެންގޮސްފައިވާއިރު، އެކި ގޮތްގޮތުން 9048 މީހުންގެ ބައިވެރިވުން ހޯދިފައިވާ ކަމަށް ނެކްސިޔާ މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.

ރަށްރަށުގައި ބޭއްވުނު ސައްލާތައް ނިންމާލެވިފައިވީނަމަވެސް، ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު އެއްކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އުމަރު ޒާހިރު އޮފީސް އިމާރާތުގައި ޤާއިމްކޮށްފައިވާ ވިލުންތެރި ރާއްޖެ އޮފީހުގައި މިހާރު ވަށްމޭޒު ސައްލާތައް ދަނީ ބާއްވަމުންނެވެ. މި ސައްލާތަކުގައި ޤައުމީ ތަރައްޤީގެ ޕްލޭނަށް މައުލޫމާތު އެއްކުރުމަށް މުހިންމު 60 މަޢުޟޫޢަކަށް އެކި ދާއިރާތަކުގެ ފަންނާނުން ބައިވެރިވެ، ޚިޔާލާއި މަޝްވަރާތައް ދަނީ ހުށަހަޅަމުންނެވެ. ނެކްސިޔާ އިން ބުނި ގޮތުގައި މިހާތަނަށް ވަށްމޭޒު ސައްލާގެ 19 ބައްދަލުވުން ބާއްވާފައިވެ އެވެ.

މީގެ އިތުރުން، "ވިލުންތެރި ރާއްޖެ 2045" އަށް ޚިޔާލާއި މަޝްވަރާ ހުށަހެޅުމުގެ ފުރުޞަތު އޮންލައިންކޮށްވެސް ވަނީ ފަހިކޮށްދީފަ އެވެ. ނެކްސިޔާގެ "ރެޒިލިއަންޓް މޯލްޑިވްސް | ވިލުންތެރި ދިވެހިރާއްޖެ" ޕޯޓަލުން ޚިޔާލު ހޯދުމުގެ ސަރވޭގައި ބައިވެރިވެ، ރައްޔިތުންނަށް ދޭން ބޭނުންވާ ޚިޔާލާއި މަޝްވަރާ އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ.

ހުރިހާ އެންމެން ޝާމިލްވުން ހިމެނޭގޮތަށް ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، ކުޑަކުދިންނަށްވެސް ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހުށަހެޅުމަށް ފުރުސަތު ވަނީ ދީފަ އެވެ. ނޮވެމްބަރު 4 ވަނަ ދުވަހު ފެށި ކުޑަކުދިންގެ އާޓް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. މި ފުރުސަތުގައި ކުޑަކުދިންނަށް އެކުދިން ކުރިމަގުގައި ރާއްޖެ ދެކެން ބޭނުންވާ ގޮތް ކުރެހުމުގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

ސަރުކާރުން މި މަސައްކަތް ފަށާފައިވަނީ، ދުރުރާސްތާ ޕްލޭނަކަށް ވާސިލްވުމަށް ޤައުމު ބިނާކުރުމަށްޓަކަ އެވެ. ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއި އެކު "ވިލުންތެރި ރާއްޖެ 2045" ޤައުމީ ޕްލޭން އެކުލަވާލައި، ކުރިއަށް އޮތް 20 އަހަރު ރާއްޖެ އޮންނަން ރައްޔިތުން ބޭނުންވާ ގޮތުގެ ތަސައްވުރު އެކުލަވާލައި، އެއަށް ޤާނޫނީ ބާރުވެރިކަން ލިއްބައިދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ ސައްލާ ހުރިހާ ރަށެއްގައި ބާއްވާ ނިންމާލައިފިޚަބަރު | 4 ގަޑިއިރު ކުރިންއޯޓީ ކެޕްކުރީ، ވަޒީފާގެ ރަސްމީ ވަގުތުގައި ފެންވަރު ރަނގަޅު ޚިދުމަތްދިނުމަށް ބާރު އެޅުމަށް: ފިނޭންސް މިނިސްޓްރީޚަބަރު | 15 ދުވަސް ކުރިންމުސާރައަށް ގެންނަ ހެޔޮ ބަދަލުތައް އާއްމުކޮށްފިޚަބަރު | 16 ދުވަސް ކުރިންލިބުނީ ބަނގުރޫޓް ވެދާނެކަމުގެ ރަނގަބީލު! ވާރުތަވި ހާލަތުން އަރައިގަތުމުގެ ފިޔަވަޅުތަކާއެކު އުންމީދުރިޕޯޓް | 16 ދުވަސް ކުރިން