logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގެ ކަނޑުތޮށި ވަރުގަދަކުރުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި

އާމިނަތު ޝަފާ
9 ސެޕްޓެމްބަރު 2025 - 16:58
މާލޭގެ ކަނޑުތޮށި ވަރުގަދަކުރުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި

މާލޭގެ ކަނޑުތޮށި ވަރުގަދަކުރުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފިއެވެ.

ފިނޭންސް މިނިސްޓްރީއާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ ދެމެދު ސޮއިކުރި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ޙަސަން މިރާސްއެވެ. އަދި ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޖައިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޓަކި މޮޓޮއޯއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގެ ދަށުން ޖަޕާނު ސަރުކާރުން ދޭ 10.5 މިލިއަން ޔޫ.އެސް ޑޮލަރަކީ މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫޢުގެ "ކޮންސްޓްރަކްޝަން ފޭސް" އަށް ދެއްވާފައިވާ އެހީއެކެވެ.

މި އެހީގެ ދަށުން މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރޭން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މި އެހީގެ އެއްބަސްވުމަކީ މިދިޔަ ޖުލައި މަހުގެ 26ވަނަ ދުވަހު ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ވެވުނު އެއްބަސްވުމެކެވެ.

ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބާ 2027 ވަނަ އަހަރު ފާހަގަކުރެވިގެންދާނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުސާރައަށް ގެންނަ ހެޔޮ ބަދަލުތައް އާއްމުކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންލިބުނީ ބަނގުރޫޓް ވެދާނެކަމުގެ ރަނގަބީލު! ވާރުތަވި ހާލަތުން އަރައިގަތުމުގެ ފިޔަވަޅުތަކާއެކު އުންމީދުރިޕޯޓް | ދުވަހެއް ކުރިން2026 ވަނަ އަހަރު އިގުތިޞާދީ ދުވެލި 5.3 އިންސައްތައިގައި ކުރިއަރާނެޚަބަރު | 2 ދުވަސް ކުރިންއަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު,މިމަސް ނިމުމުގެ ކުރިން ހުށަހަޅަނީޚަބަރު | 9 ދުވަސް ކުރިން