logo
Bank of Maldives

Bank of Maldives

ޚަބަރު

އަބްދުއްރަހްމާން ނިޔާވީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކައިފި

ޝަހްޒާ މުހައްމަދު
31 ޖުލައި 2025 - 06:17
އަބްދުއްރަހްމާން  ނިޔާވީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކައިފި

އަބްދުއްރަހްމާން އާދަމް ނިޔާވެފައިވަނީ އޭނާގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކައިފިއެވެ.

އޭނާ ނިޔާވެފައިވަނީ އޭނާ ދިރިއުޅޭ ގޭގައި ނިދާފައި އޮއްވާ މީހަކު އޭނާގެ ބޮލަށް ދިން އަނިޔާތަކެއްގެ ސަބަބުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަބްދުއްރަހްމާން އާދަމް ނިޔާވެފައިވަނީ އޭނާއަށް ލިބުނު އަނިޔާތަކަށް ރަށު ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށެވެ. މި ރަހުމްކުޑަ މަރާ ގުޅިގެން އޮޓޮޕްސީ ހެދުމަށް ފުލުހުން އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވިއެވެ. ތަހުލީލަށް ފަހު އޭނާގެ ހަށިގަނޑު ވަޅުލާފައިވަނީ، ޖުލައި 24 ގައެވެ.

ފުލުހުން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރެވިފައެއް ނުވެއެވެ. މިމައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މަރާ ގުޅިގެން ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ. އަދި މި މައްސަލައިގައި އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތްތަކުން އެ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އެދިފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލައްކައަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފިޚަބަރު | 5 ދުވަސް ކުރިންފީނަން ގޮސް އުޅުނު ނޭޕާލް މީހެއް މަރުވެއްޖެޚަބަރު | 21 ދުވަސް ކުރިންމާލޭގެ ގެެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ އޯޓޮޕްސީ ހަދަނީޚަބަރު | މަހެއް ކުރިންމޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެޚަބަރު | މަހެއް ކުރިން