logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

މާލޭގެ ގެެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ އޯޓޮޕްސީ ހަދަނީ

އައިޝަތު އިނާޝާ
2 އޭޕްރީލު 2026 - 05:54
މާލޭގެ ގެެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ އޯޓޮޕްސީ ހަދަނީ

މާލޭގެ ގެެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ އޯޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނިގޮތުގައި މާލެ، ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގައި ފިރިހެނަކު ނިޔާވެފައި އޮތް ކަމުގެ ރިޕޯޓް 2026 އޭޕްރީލް 1 ވަނަ ދުވަހުގެ މެންދުރު ފަހު 13:10 އެހައިކަންހާއިރު ފުލުހުންނަށް ވަނީ ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން މީޑިއާތަކާ މިއަދު ހިއްސާކުރި މެސެޖެއްގައި ބުނީ ނިޔާވި މީހާގެ ހަށިގަނޑު ބޭރުފުށުން ބެލިބެލުމުން، އެހެން ފަރާތަކުން ދީފައިވާ އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތް ކަމަށެވެ. ނަމަވެސް، ހަށިގަނޑު އޮތް ހާލަތަށާއި، މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމުގެ އިތުރުން، މި ހާދިސާއާ ހިނގާފައިވާ ތަނާ ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކުރާއިރު، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ފުލުހުންގެ ތަހުގީގަށް ގަބޫލުކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން، އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން މީޑިއާ އަށް ހާމަކުރެވެން ހުރި މައުލޫމާތު ހާމަ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ ގެެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ އޯޓޮޕްސީ ހަދަނީޚަބަރު | 2 ގަޑިއިރު ކުރިންހިޔާގެ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެޚަބަރު | 5 މަސް ކުރިންބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާގެ ހަށިގަނޑު ފެނިއްޖެޚަބަރު | 6 މަސް ކުރިންއުމުރުން 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު ހައްޔަރު ކޮށްފިޚަބަރު | 6 މަސް ކުރިން