logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާގެ ހަށިގަނޑު ފެނިއްޖެ

އާމިނަތު ޝަފާ
16 އޮކްޓޯބަރު 2025 - 11:22
ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާގެ ހަށިގަނޑު ފެނިއްޖެ

މާލެއިން ފުރައިގެން ކ.އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން، އިތުރު މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ. އެމްއެންޑީއެފްއިން ބުނީ އޭނާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު 15:45 ހާއިރުކަމަށެވެ.

މި ހާދިސާގައި 3 މީހަކު ގެއްލުނެވެ. އޭގެ ތެރެއިން އެކަކު މިއަދު ހެނދުނު ނިޔާވެފައި އޮތްވާ ވަނީ ފެނިފައެވެ. ހާދިސާގައި ނިޔާވެފައިވަނީ ގއ.ދާންދޫ/ސަރުސޫނުގެ އުމުރުން 38 އަހަރުގެ އަހްމަދު ޝިފާން ކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުން ވަނީ ބުނެފައެވެެ.

ގެއްލުނު އިތުރު 2 މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މެންދުރުފަހު ދެވަނަ މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު އޭނާގެ ހަށިގަނޑު ނަގާފައިވަނީވެސް ކަނޑުއަޑިން ކަމަށާއި އެއީ ބިދޭސީއެއްކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭ ދަންވަރު ހިނގި މި ހިތާމަވެރި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުކާޑުން އަދިވެސް ދަނީ ކުރަމުންނެވެ.

މި ދުވަސް ވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑުދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލުން: ކަނޑާއި ވައިގެމަގުން މިއަދު ވެސް ބޮޑު ސަރަހައްދެއް ބަލައިފިޚަބަރު | 3 ދުވަސް ކުރިންލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި ދެ މީހުން ގެއްލިއްޖެޚަބަރު | 5 ދުވަސް ކުރިންއޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރައީސުލްޖުމްހޫރިއްޔާ ކޮމިޝަންކޮށްދެއްވައިފިޚަބަރު | 9 ދުވަސް ކުރިންމެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އާ އިމާރާތް ހުޅުވައިފިޚަބަރު | 10 ދުވަސް ކުރިން