logo
Bank of Maldives

Bank of Maldives

ޚަބަރު

އޮސްޓްރޭލިއާ އިން ހަދިޔާކުރި އަސްކަރީ މަނަވަރު "ޢިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ކޮމިޝަންކޮށްދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
27 ޖުލައި 2026 - 18:14
އޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރައީސް ކޮމިޝަންކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް
އޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރައީސް ކޮމިޝަންކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ހިލޭއެހީގެ ގޮތުގައި އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރެއްވި އަސްކަރީ މަނަވަރު، "ޢިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީކޮށް ކޮމިޝަންކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަނަވަރުގެ ނަން ކަޝްފުކޮށްދެއްވައި، މަނަވަރު ކޮމިޝަންކުރެއްވިކަމުގެ ލިޔުމާއި ދިވެހި ޤައުމީ ދިދަ، މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނެންޓް ކާނަލް ސިނާން ޒާހިރުއާ ޙަވާލުކޮށްދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، މަނަވަރު ހަދިޔާކުރެއްވިކަމުގެ ރަމްޒު ހަވާލުކޮށްދެއްވައި، ދިވެހިރާއްޖޭގެ ފަރާތުން އޮސްޓްރޭލިޔާ ސަރުކާރަށް އަރުވާ ޝުކުރުގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ނަމްބަރުވެސް އެމަނިކުފާނު ވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ.

8019a20d-3722-48dd-ae88-b91353ddab3a.jpg

އޮސްޓްރޭލިއާއިން ހަދިޔާކުރި މަނަވަރު ރައީސް ކޮމިޝަންކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް

 

ނޭވީ މަނަވަރު "ޢިމާދުއްދީން" އަކީ އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ. މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ.

125de1a9-c0d6-43d9-a4b5-913370119030.jpg

އޮސްޓްރޭލިއާ އިން ހަދިޔާކުރި ޝިޕް ''އިމާދުއްދީން'' ފޮޓޯ: ރައީސް އޮފީސް

 

މި މަނަވަރަކީ ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހޯއްދަވައިދެއްވި އުޅަނދެކެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސް މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.

c8d5036d-4ee9-4ce7-aefe-3b6dc6e62887.jpg

އޮސްޓްރޭލިއާއިން ހަދިޔާކުރި މަނަވަރު ރައީސް ކޮމިޝަންކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް

 

މި އުޅަނދު ޚިދުމަތަށް ނެރުމާއެކު، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގެ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމުގެ އިތުރުން، ހާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ. މިއީ ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ދިވެހިރާއްޖެއިން އަދާކުރާ ދައުރަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ރައީސުލްޖުމްހޫރިއްޔާ ކޮމިޝަންކޮށްދެއްވައިފިޚަބަރު | ގަޑިއިރެއް ކުރިން''ޖުޑީޝަރީ މިނިވަންކޮށްދީފިން، ސަރުކާރުން ވަކި ގޮތަކަށް ޙުކުމްކުރަން އެންގިކަމަށް ފަނޑިޔާރަކަށް މިހާރު ވިދާޅެއްނުވެވޭނެ''ޚަބަރު | 2 ގަޑިއިރު ކުރިންނޫސްވެރިކަމުގެ މިނިވަންކަންވެސް އެންމެ ފުޅާ ދާއިރާގައި ޔަޤީންކޮށްދީފިން: ރައީސްޚަބަރު | 2 ގަޑިއިރު ކުރިން''މި ސަރުކާރުން ރާއްޖޭގެ ޑިމޮކްރަސީ މިނިވަންކޮށްދީފައި ވާނީ ކުރިން ދުވަހަކުވެސް މިނިވަންނުވާވަރަށް''ޚަބަރު | 2 ގަޑިއިރު ކުރިން