logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ އިޖްތިމާއީ ފޭރާން އެމްޑީޕީ އިން ވަނީ ފޭރިގެންފައި: ސަމީރު

ނުހާ އަޙްމަދު
31 ޖުލައި 2025 - 12:15
ރާއްޖޭގެ އިޖްތިމާއީ ފޭރާން އެމްޑީޕީ އިން ވަނީ ފޭރިގެންފައި: ސަމީރު

2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައުމަށްފަހު ރާއްޖޭގެ އިޖްތިމާއީ ފޭރާން ބަދަލުވެ، ގިނަ ރީތި އާދަކާދަތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައުމުގެ ކުރިން އިންސާފު ގާއިމުކުރުމާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ވާހަކަ ދައްކައި، އެކަމަށް ރައްޔިތުންގެ ތާއީދު ހޯދި ނަމަވެސް، އެ ޕާޓީގެ ވެރިކަން ނިމުނުއިރު އެއިން އެއްވެސް ކަމެއް ހަގީގަތަކަށް ނުވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ކޯޓުތަކަށް އަތްބާނައިގެން، ކޯޓުތައް އެފުށުން މިފުށަށް ޖަހައިގެން، އެ ބޭފުޅުން ބޭނުންވާ ބޭފުޅުން ކޯޓުތަކަށް ލައްވައިގެން ބޭނުންފުޅުވާ ގޮތުގައި ހުކުމްތައް ނެރުމުން ގެންދެވި،"

އިތުރަށް ސަމީރު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި ގެނައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގައި އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ ރީތި ސިފަ ގެއްލި، މީހުންގެ އަބުރަށް އަރައިގަތުން އާންމު ކަމަކަށް ވަނީ ވެފައެވެ. އަދި ވެރިންނާއި ގާތްތިމާގެ މީހުންނަށް އިހްތިރާމްކުރުން ފަދަ ރީތި އާދަކާދަތައް ގެއްލި، މުޖުތަމައުގެ އަމާންކަން ނެތިގެން ގޮސްފައިވަނީ ޑިމޮކްރަސީގެ ނަމުގައި ކަމަށް ސަމީރު ވިދާޅުވިއެވެ.

މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޖްތިމާއީ ފޭރާމަށް އައި ނޭދެވޭ އަސަރުތައް މިއަދާ ހަމައަށްވެސް ފެންނަން ހުރި ކަމަށް ސަމީރު ފާހަގަކުރެއްވިއެވެ.

ސަމީރު ވިދާޅުވި ގޮތުގައި އެމްޑީޕީން ވެރިކަމަށް އައުމާއެކު، ރައްޔިތުންނަށް ހައްގުތައް ކަށަވަރުކޮށްދޭނެ ކަމަށް ބުނި ނަމަވެސް، އެ ވެރިކަން ނިމިގެން ދިޔައިރު އެއިން އެއްވެސް ހައްގެއް ކަށަވަރު ކުރެވިފައެއް ނުވެއެވެ. އަދި ރައްޔިތަކަށް އިންސާފެއްވެސް ނުލިބުނެވެ.

"ހަމަހިމޭންކަން އޮތް ރާއްޖެ، އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ ރީތި ސިފަ އަށަގެންފައި އޮތް ރާއްޖެ، ރީތި އަހުލާގެއްގެ މަތީ ރައްޔިތުން ދިރިއުޅެމުން އައި ރާއްޖޭގެ މި ދެންނެވި ކަންތައްތައް ގެއްލުވާލުން ފިޔަވައި އެ ބޭފުޅުންނަށް ކުރެވުނު މާ ބޮޑު ކަމެއް އަޅުގަނޑުމެންނަކަށް ފެންނާކަށެއް ނެތް،"

އެމްޑީޕީން ގެނައި ނިޒާމުގެ ސަބަބުން މިހާރު ރާއްޖޭގައި އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ ރީތި ސިފަ ގެއްލި، މީހުންގެ އަބުރަށް އަރައިގަތުން އާންމު ކަމަކަށް ވެފައި ކަމަށް ސަމީރު ފާހަގަކުރެއްވިއެވެ. އަދި ވެރިންނަށާއި ގާތްތިމާގެ މީހުންނަށް އިހްތިރާމްކުރުން ފަދަ ރީތި ސިފަތައް ގެއްލިގެން ގޮސްފައިވަނީ އެމްޑީޕީން ގެނައި ޑިމޮކްރަސީގެ ސަބަބުން ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ސަމީރު އިތުރަށް ވިދާޅުވީ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް މަސައްކަތަކީ ރާއްޖޭގެ ގެއްލިފައިވާ އަމާންކަމާއި އިހްތިރާމްގެ ރީތި ސިފަތައް އަލުން އާލާކުރުން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އިޖްތިމާއީ ފޭރާން އެމްޑީޕީ އިން ވަނީ ފޭރިގެންފައި: ސަމީރުޚަބަރު | 7 މަސް ކުރިން