logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް މުއިއްޒު އަވަހާރަކޮށްލަން ޖެހޭކަމަށް ބުނި މީހެއްގެ މައްސަލަ ފުލުހުން ބަލަންފަށައިފި

ނުހާ އަޙްމަދު
31 ޖުލައި 2025 - 16:29
ފުލުހުން މާލޭގެ މަގެއްމަތީގައި އޮޕަރޭޝަނެއްގައި، ފޮޓޯ: ފުލުހުންގެ އިދާރާ
ފުލުހުން މާލޭގެ މަގެއްމަތީގައި އޮޕަރޭޝަނެއްގައި، ފޮޓޯ: ފުލުހުންގެ އިދާރާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ކަމަށް ބުނި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ރައީސްއަށް މަރުގެ އިންޒާރު ދިނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާކުރާކަމަށް ލިޔެފައިވާ ހަބަރެއް ހިއްސާކޮށް މަސީހް މޫސާ ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާއިރު ފުލުހުން ބުނީ، ސޯޝަލް މީޑިއާގައި ރައީސް ޑރ. މުއިއްޒު އަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ފަދަ ބޮޑެތި އަދަބުތައް ދެވޭގޮތަށް ގާނޫނުގައި ހިމެނުމަށް އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ރައީސް ޑރ. މުއިއްޒު ވަނީ އަންގަވާފައެވެ.

މިކަން ރައީސް އިއުލާންކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިޔަފާރިއާއި އިޤުތިޞާދު ކުރިއެރުވުމަށް އެމެރިކާ އާއެކު މަޝްވަރާކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންއިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޝަކީލް އައްޔަންކުރައްވައިފިޚަބަރު | 5 ގަޑިއިރު ކުރިންރައީސް، ބައިނަލްއަޤްވާމީ އޮލިމްޕިކް ދުވަހާއި ޚިދުމަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިޚަބަރު | ދުވަހެއް ކުރިންދައުލަތުގެ އާންމު މަންފާއަށްޓަކައި ހިންގާނެ މުހިންމު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިޚަބަރު | 2 ދުވަސް ކުރިން