logo
Bank of Maldives

Bank of Maldives

ޚަބަރު

ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ދަނީ މަސައްކަތްކުރަމުން: އެފްޑީސީ

އާމިނަތު ޝަފާ
1 އޯގަސްޓު 2025 - 07:26
4000 ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތުގެ ތެރެއިން// ފޮޓޯ: އެފްޑީސީ
4000 ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތުގެ ތެރެއިން// ފޮޓޯ: އެފްޑީސީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހައުސިން ޔުނިޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަޝަނުން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ 4000 ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާފަވަނީ ޖުލައި މަހުގެ 21ވަނަ ދުވަހު ފަށާފައިވާއިރު މިހާތަނަށް 232 މީހުންނާއެކު ފްލެޓް ލިބުނުކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް މިހާތަނަށް ތާވަލުކޮށްފަވަނީ 253 މީހުންނާއެކުއެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅާފައިވަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ. ފަހި ދިރިއުޅުން ކޯޕަޝަނުން ބުނީ މިހާތަނަށް 2665 މީހުންގެ ލިސްޓުގައި ސޮއިކުރުމަށް އެ ކޯޕަރޭޝަނަށް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފޮނުވާފަވާކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހައުސިން ޔުނިޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަން ފަހި ދިރިއުޅުން ކޯޕަޝަނުން ހާމަކޮށްފައިވެއެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގެދޮޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންގެ އެގްރިމަންޓްގެ މަސައްކަތްތައް ނިންމާ ފްލެޓް ހަވާލުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު ފްލެޓްގައި ސޮއިކުރުމަށް އައިމުގެ ކުރިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެފްޑީސީގެ "ފަހި ޕޯޓަލް"އަށް އަޕްލޯޑްކުރުމަށް އެ ކޯޕަރޭޝަންއިން އަންގާނެއެވެ. އެއަށްފަހު ސޮއިކުރަން ދާންވާ ދުވަހާ ގަޑި އެފްޑީސީން އަންގަމުންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެދޮރުވެރިޔާ ޓަވަރުތަކުގައި ކޮމާޝަލް ހިދުމަތް ގާއިމުކުރަނީ 6 ޒޯނަކަށް ބަހާލައިގެންޚަބަރު | 5 ދުވަސް ކުރިންފުރަތަމަ ހަވާލުކުރާނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރު ، މާދަމާ ތަޅުދަނޑި ހަވާލުކުރަން ފަށަނީޚަބަރު | 8 ދުވަސް ކުރިންގެދޮރުވެރިޔާ ސްކީމް: 2955 އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 13 ދުވަސް ކުރިންގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 640 މީހަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | މަހެއް ކުރިން