logo
Bank of Maldives

Bank of Maldives

ޚަބަރު

ފްލެޓް ކުއްޔަށްދޭ މީހުންގެ އެއްބަސްވުން ބާތިލުކޮށް ފްލެޓް އަތުލެވޭނެ: ޝަކީލް

އައިމިނަތު މޫސާ
11 އޮކްޓޯބަރު 2025 - 11:23
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ ޢިމާރަތްކުރާ 4،000 ފްެލެޓްތައް -- ފޮޓޯ: މިހާރު
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ ޢިމާރަތްކުރާ 4،000 ފްެލެޓްތައް -- ފޮޓޯ: މިހާރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކުން އެއްބަސްވުމާ ހިލާފަށް ފުލެޓު ކުއްޔަށްދޭނަމަ، ފުލެޓް އަތުލާނެ ކަމަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ހަމްދާން މިހެން ވިދާޅުވީ އެފްޑީސީން އިމާރާތްކޮށްފައިވާ ފްލެޓްތައް ހަވާލުކުރަން ފެށުމާ އެކު ބޮޑު އަގުގައި އެތަންތަން ކުއްޔަށް ދޭން އިޝްތިހާރު ޖަހަން ފަށާފައިވާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާއި ގުޅިގެން ހަމްދާން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ދޫކުރަމުންދާ މި ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއްކަމަށެވެ.

އަދި އެއްބަސްވުމާ ހިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ، ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދާ އެއްބަސްވުމުގައި ވާ ގޮތުގެ މަތިން އެ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުން ބާތިލްކޮށް ފްލެޓް އަތުލާނެކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.

https://x.com/hamdhanshakeel/status/1976954470425825428?s=52&t=X3nLv1ithqPeDwDWYC65Mg

އެފްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ތަޅުދަނޑި ހަވާލުކުރަން ފަށައި، މިހާތަނަށް 78 މީހަކާ ތަޅުދަނޑި ވަނީ ހަވާލުކޮށްފައެވެ. މި ފްލެޓްތަކަށް ފެނާއި ކަރަންޓު ދީފައިވާތީ، ހަވާލުކުރުމާއެކު ދިރިއުޅެން ފެށޭނެކަމަށް އެފްޑީސީން ބުނެއެވެ.

އެފްޑީސީގެ ޓަވަރުތަކުގައި ދެ ކޮޓަރީގެ އެޕާޓްމެންޓްތަކާއި ތިން ކޮޓަރީގެ އެޕާޓްމެންޓުތައް ހުންނައިރު، ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000 ރުފިޔާއަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގާއިރު، ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން 15،000ރ. ދައްކަން ޖެހެއެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓުތައް 9،500 ރުފިޔާއަށް ދޫކުރާއިރު، މެއިންޓެނެންސް ފީގެ ގޮތުގައި 1،5000 ރުފިޔާ އަދި ސެކިއުރޓީ ޑެޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހެއެވެ.

އެފްޑީސީއާ ފްލެޓު ލިބުނު ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ފްލެޓްތައް ކުއްޔަށް ދިނުމަކީ މަނާކަމެކެވެ. އެހެންނަމަވެސް ފްލެޓް ލިބިފައިވާ ބައެއް ފަރާތްތަކުން އަންނަނީ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދޭން އިއުލާން ކުރަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ފްލެޓްތައް ކުއްޔަށް ދިނުމަށް 25،000 ރުފިޔާއަށް ވެސް ވަނީ އިއުލާންކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފްލެޓް ކުއްޔަށްދޭ މީހުންގެ އެއްބަސްވުން ބާތިލުކޮށް ފްލެޓް އަތުލެވޭނެ: ޝަކީލްޚަބަރު | 12 ދުވަސް ކުރިންގެދޮރުވެރިޔާ މަޝްރޫޢު: އެފްޑީސީން 62 މީހަކާ މިހާތަނަށް ތަޅުދަނޑި ހަވާލުކޮށްފައިވޭޚަބަރު | 18 ދުވަސް ކުރިންގެދޮރުވެރިޔާ ޓަވަރުތަކުގައި ކޮމާޝަލް ހިދުމަތް ގާއިމުކުރަނީ 6 ޒޯނަކަށް ބަހާލައިގެންޚަބަރު | މަހެއް ކުރިންފުރަތަމަ ހަވާލުކުރާނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރު ، މާދަމާ ތަޅުދަނޑި ހަވާލުކުރަން ފަށަނީޚަބަރު | މަހެއް ކުރިން