logo
Bank of Maldives

Bank of Maldives

ޚަބަރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފި

އާމިނަތު ޝަފާ
28 ޑިސެމްބަރު 2025 - 12:49
ގެދޮރުވެރިޔާ ސްކީމްގެ ދަށުން 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4000 ފްލެޓު ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅެއްޖެއެވެ.

ގެދޮރުވެރިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން ފެށީ މިދިޔަ ސެޕްޓެމްބަރު 28ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ ފުލެޓު ހަވާލުކުރުން ލަސްވެގެން ގޮސްފައިވަނީ އެއްބަސްވުމުގައި ފެނާއި ކަރަންޓުގެ މަސައްކަތްތައް ހިމެނިފައިނުވުމުންކަމަށެވެ. މި ސަރުކާރު ހަވާލުވީއިރު 4000 ފްލެޓްތަކުގެ ތެރެއިން މަސައްކަތް ނިމިފައިވަނީ 33 އިންސައްތަ މަސައްކަތް ކަމަށާއި ދެ އަހަރު ތެރޭ 68 އިންސައްތަ މަސައްކަތް ނިންމައި ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް ނިންމައި ލޭންޑު ސްކޭޕިންގެ މަސައްކަތް ނިންމައި ފްލެޓްތައް ހަވާލުކުރަމުން ދަނީ މި ސަރުކާރުންކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން 3879 ފަރާތަކާއެކު ފްލެޓު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި އެ އެންމެންނަށްވެސް އަންނަ މަސް ނިމުމުގެ ކުރިން ތަޅުގަނޑު ހަވާލުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފްލެޓްތަކުގެ އަގު ކުޑަކުރުމަށް ރައީސް ނިންމެވި ނިންމެވުމާ އެއްގޮތަށް ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް މަހު ކުލީގެ ގޮތުގައި 8،500 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ ހިމެނޭހެން ޖުމްލަ 10،000 ރުފިޔާ ދައްކަން ޖެހޭގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އަދި އަމާން އުދަރެސް އަދި އަމާން ދޯދިން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ތިން ކޮޓަރި ލިބުނު ފަރާތްތައް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭނީ 8،500 ރުފިޔާކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ދެ ކޮޓަރި ލިބުނު ފަރާތްތަކުން މަހު ކުލީގެ ގޮތުގައި 6000 ރުފިޔާ އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1000 ރުފިޔާއާ އެކު ޖުމްލަ 7000 ރުފިޔާ ދައްކަންޖެހޭއިރު ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭނީ 6،000 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފި ޚަބަރު | 2 ގަޑިއިރު ކުރިންއަމާން ދޯދި އަދި އަމާން އުދަރެހުގެ ޓަވަރުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށައިފި ޚަބަރު | 5 ދުވަސް ކުރިންއަމާން އުދަރެސް 6 ވަނަ ޓަވަރުގައި ޖީޕީ ކްލިނިކެއް ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 10 ދުވަސް ކުރިންފެންބިލްގައި މައްސަލައެއް އުޅޭނަމަ ޝަކުވާ ހުށަހަޅަން އެދިއްޖެޚަބަރު | 19 ދުވަސް ކުރިން