logo
Bank of Maldives

Bank of Maldives

ޚަބަރު

ގެދޮރުވެރިޔާ ޓަވަރުތަކުގައި ކޮމާޝަލް ހިދުމަތް ގާއިމުކުރަނީ 6 ޒޯނަކަށް ބަހާލައިގެން

ނުހާ އަޙްމަދު
13 ސެޕްޓެމްބަރު 2025 - 12:27
އަމާން އުދަރެސްގެ ފްލެޓްތައް: މި ފްލެޓްތަކުގެ ސްޓްރަކްޗާގެ މަސައްކަތްތައް ވަނީ ނިމިފައި -- ފޮޓޯ/ އެފްޑީސީ
އަމާން އުދަރެސްގެ ފްލެޓްތައް: މި ފްލެޓްތަކުގެ ސްޓްރަކްޗާގެ މަސައްކަތްތައް ވަނީ ނިމިފައި -- ފޮޓޯ/ އެފްޑީސީ

ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން ފްލެޓްތަކަށް ބޭނުންވާ މުނިސިޕަލް ހިދުމަތްތަކާ އަދި ކޮމާޝަލް ހިދުމަތްތައްވެސް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީން ބުނެފިއެވެ.

އެފްޑީސީން ބުނީ، މި ހިދުމަތްތައް ފްލެޓްތަކުގައި ގާއިމުކުރަނީ 6 ޒޯނަކަށް ބަހާލައިގެން ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެދަށުން 32 ޓަވަރު އަންނަނީ ތަރައްގީކުރަމުންނެވެ. އެއީ އަމާން ދޯދީގެ 16 ޓަވަރާ، އަމާން އުދަރެސްގެ 16 ޓަވަރެވެ. މި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތުގެދަށުން، 4000ފްލެޓްގެތެރެއިން 3000އަށްވުރެ ގިނަ ޔުނިޓްގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އަދި މިހާރު ތައްޔާރުވަމުންދަނީ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުން ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.

އެފްޑީސީން މިހާރު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ، ފްލެޓްތަކަށް މީހުން ބަދަލުވާއިރު، އެތަނަށް ބޭނުންވާ މުނިސިޕަލް ހިދުމަތްތަކާ ކޮމާޝަލް ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުން ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.

އެފްޑީސީން ބުނީ، ކުނި އުކާލުމަށް ހާއްސަކޮށްފަވާ ގާބެޖް ރޫމެއް ކޮންމެ ޓަވަރެއްގެވެސް އެންމެ ތިރީ ފަންގިފިލާގައި ހުންނާނެކަމަށެވެ. އަދި ކޮންމެ ޓަވަރެއްގައިވެސް އެންމެ ތިރީގައި ސެކިއުރިޓީ ބެލެހެއްޓުމާއި ޓަވަރުތަކުގެ އާންމު ސަރަހައްދުތައް ކޮންމެ ދުވަހަކު ގަވައިދުން ސާފުކުރަމުންދާނެކަމަށް ވެސް އެފްޑީސީން ވަނީ ބުނެފައެވެ.

އެފްޑީސީން ބުނީ، ޓަވަރުތައް ހިމެނޭ ސަރަހައްދުގައި ރީޓެއިލް ފިހާރަތައް އަދި ސުޕަރމާކެޓް ހުންނާނެ ކަމަށާއި، އަދި އެހެނިހެން ހިދުމަތްތައް ފެއްޓުމަށްޓަކާ ކޮމާޝަލް ޔުނިޓްތައް ދޫކުރުމަށް މަޝްވަރާކުރަމުންދާކަމަށެވެ. 5 މިނެޓުތެރޭގައި ހިނގާފަދެވޭނެ ދުރުމިނުގައި އާންމު ތަކެތި ގަތުމަށް ގްރޮސަރީ އަދި ކޮންވީނިއަންސް ފިހާރަތައް ގައިމުކުރާނެ ކަމަށް ވެސް އެފްޑީސީން ވަނީ ބުނެފައެެވެ.

އެފްޑީސީން ބުނީ، ކޮންމެ ސަރަހައްދަކަށްވެސް މަދުވެގެން އެއް ސުޕަރމާކެޓް ނުވަތަ ހައިޕަރމާކެޓް ތަރައްގީކުރާނެ ކަމަށާއި، 10 މިނެޓުން ހިނގާފަދެވޭ ދުރުމިނުގައި ތަރުކާރީ އަދި މޭވާ ވިއްކާ މާރުކޭޓުތައް ގާއިމުކުރާނެ ކަމަށެވެ. އަދި ކެފޭ، ރެސްޓޯރަންޓް އަދި ބޭކިން ހިދުމަތަށް ހާއްސަކޮށްފަވާ ޔުނިޓްތައް ހިމެނުމަށް ހަމަޖެހިފަވާކަމަށް އެފްޑީސީން ބުނެފައިވެއެވެ. މީގެއިރުން ކޮންމެ 10 މިނެޓަކުން ހިނގާފަދެވޭ ދުރުމިނުގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކާ، ފާމަސީ، ވެލްނެސް ސެންޓަރުތައް ހުންނާނެ ކަމަށް ވެސް އެފްޑީސީން ވަނީ ބުނެފައެވެ.

މި 32 ޓަވަރުގައި ކޮމާޝަލް ހިދުމަތްތައް ގާއިމުކޮށްފަ ހުންނާނީ 6 ޒޯނަކަށް ބަހާލައިގެން ކަމަށާއި، އެހެންކަމުން މި ސަރަޙައްދުގައި މީހުން އާބާދުވަމުންދާއިރު ޒަމާނީ މިންގަނޑުތަކަށް ފެތޭގޮތަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެފްޑީސީގެ އާޒުކަމަށް އެ ކޯޕަރޭޝަންއިން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައިފަރުގައި އެމްއެންޔޫގެ ކެމްޕަހެއް އަޅަން ހަވާލުކޮށްފިޚަބަރު | 6 ދުވަސް ކުރިންފްލެޓް ކުއްޔަށްދޭ މީހުންގެ އެއްބަސްވުން ބާތިލުކޮށް ފްލެޓް އަތުލެވޭނެ: ޝަކީލްޚަބަރު | 23 ދުވަސް ކުރިންގެދޮރުވެރިޔާ މަޝްރޫޢު: އެފްޑީސީން 62 މީހަކާ މިހާތަނަށް ތަޅުދަނޑި ހަވާލުކޮށްފައިވޭޚަބަރު | މަހެއް ކުރިންގެދޮރުވެރިޔާ ޓަވަރުތަކުގައި ކޮމާޝަލް ހިދުމަތް ގާއިމުކުރަނީ 6 ޒޯނަކަށް ބަހާލައިގެންޚަބަރު | 2 މަސް ކުރިން