logo
Bank of Maldives

Bank of Maldives

ޚަބަރު

މިފްކޯއިން މާލޭގައި އާ މަސްފިހާރައެއް ހުޅުވައިފި

ޝަހްޒާ މުހައްމަދު
1 އޯގަސްޓު 2025 - 13:19
މިފްކޯއިން މާލޭގައި އާ މަސްފިހާރައެއް ހުޅުވައިފި

މިފްކޯއިން މާލޭގައި ހުޅުވި ހަތަރުވަނަ މަސް ފިހާރަ މިއަދު ނޯތު ހާބަރުގައި ހުޅުވައިފިއެވެ. މި ފިހާރަ ހުޅުވައިދެއްވީ މިފްކޯގެ ސޭލްސް މެނޭޖަރ ޢަބްދުﷲ ރަޝީދެވެ.

މިފްކޯއިން މަޢުލޫމާތުދީފައިވާގޮތުގައި މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ އަތޮޅުތެރޭގެ ވިޔަފާރިވެރިންނަށް ވީހާވެސް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފްކޯއިން ބުނީ މި ފިހާރަ އަމާޒުކޮށްފައި ވަނީ ވިޔަފާރިވެރިން މައިގަނޑުގޮތެއްގައި ނަގާ ޕްރޮޑަކްޓްސްތަކެއް ކަމަށްވާ ތެޔޮ މަސްދަޅާއި ފެން މަސްދަޅާއި އާންމުކޮށް ނަގާ މަސްދަޅުގެ ބާވަތްތައް އަދި ވަޅޯމަހަށް ކަމަށެވެ. އަދި އިތުރު އުފެއްދުންތައް ބޭނުންވާނަމަ، އެކަން އެންގުމުން އެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށްވެސް މިފްކޯއިން ބުންޏެވެ.

ނޯތު ހާބަރުގައި ހުޅުވި މި އައު ފިހާރަ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 6:00 އަށެވެ.

މިފްކޯއިން މާލޭގައި މިހާރު ހުޅުވާފައިވާ ހަތަރު ފިހާރައިން ވެސް ރައްޔިތުންނަށް ފޯރުކޮށްދެނީ އެ ކުންފުނީގެ އުފެއްދުންތައް ކަމާއި، މި ފިހާރަތަކުން ރައްޔިތުންނަށް އަތްފޯރާފަށުގައި އެ ކުންފުނީގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުއޮތްގިރީގައި މިފްކޯގެ ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފިޚަބަރު | 3 ދުވަސް ކުރިންމިދިޔަ މަހު މިފްކޯއަށް ކިރި މަހަށް 11.3 މިލިޔަން ރުފިޔާ ދޫކުރިޚަބަރު | 12 ދުވަސް ކުރިންމިފްކޯގެ އައުޓްލެޓެއް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފިވިޔަފާރި | 2 މަސް ކުރިންމިފްކޯގެ ސީއީއޯ ފަރުހަތު މަގާމުން އިސްތިއުފާ ދެއްވައިފިޚަބަރު | 3 މަސް ކުރިން