logo
E-Platinum
ޚަބަރު

މަހުގެ ބާވަތްތައް އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރުމަށް އެއްބަސްވުމެއް

އާމިނަތު ޝަފާ
17 ޖުލައި 2025 - 15:39
މަސްވެރިކަމުގެ ސިނާޔަތް އަންނަނީ ކުރިއަރަމުން
މަސްވެރިކަމުގެ ސިނާޔަތް އަންނަނީ ކުރިއަރަމުން

މަހުގެ ބާވަތްތައް އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯއާއި، އާއި އިނގިރޭސިވިލާތުގެ ޕްރިންސަސް ގްރޫޕާއާއި ދެމެދު މަސްގަތުމާބެހޭ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގްއެއްގައި ސޮއިކޮށްފިއެވެ.


މެމޮރަންޑަމްގައި މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުހަތު ޝަހީރުއެވެ. ޕްރިންސަސް ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ ގްރޫޕްގެ ޗީފް ޕާރޗޭސިންގ އޮފިސަރ ނީލް ބޮހަނަންއެވެ.


މިފްކޯއިން ބުނީ އެއްބަސްވުމުގެ ދަށުން، މިފްކޯއާއި ޕްރިންސަސް ގްރޫޕާދެމެދު ދިގުމުއްދަތުގެ ވިޔަފާރީގެ މުޢާމަލާތް ޤާއިމުކުރުމަށް ދެފަރާތުން އެއްބަސްވެފައިވާކަމަށާއި މިމުއާމަލާތުގައި އެއްބަސްވެވޭ މިންގަނޑެއްގެ ތެރެއިން ފްރޯޒަން ޓިޔުނާގެ އިތުރުން ފެލިވަރުގައި ބަންދުކުރެވޭ ދަޅުމަހުގެ ބާވަތްތައް ގަތުންވެސް ހިމެނޭކަމަށެވެ.

މިއެއްބަސްވުމުގައި ހިމެނިގެން މަސްގަތުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށާއި ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރާނެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަހުގެ ބާވަތްތައް އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރުމަށް އެއްބަސްވުމެއްޚަބަރު | 6 ދުވަސް ކުރިންމިދިޔަ ހަފްތާ މަސްވެރިން ކިރުވި މަހަށް 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 10 ދުވަސް ކުރިންމިފްކޯ ބްލެކްލިސްޓުކޮށްފައިވާ ކަމަށް ޗެނަލް-13 އިން ފެތުރި ޚަބަރަކީ ދޮގެއް: ޝިޔާމްޚަބަރު | 13 ދުވަސް ކުރިންމަހުގެ މިހާތަނަށް މަސްވެރިންނަށް 9.3 މިލިއަން ރުފިޔާ ދޫކޮށްފިޚަބަރު | 18 ދުވަސް ކުރިން