logoEN
ޚަބަރު

މަހުގެ މިހާތަނަށް މަސްވެރިންނަށް 9.3 މިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރިންތަކެއް މަސްކިރުވުމަށް ތައްޔާރުވަނީ -- ފޮޓޯ: މިހާރު

މަސްވެރިންތަކެއް މަސްކިރުވުމަށް ތައްޔާރުވަނީ -- ފޮޓޯ: މިހާރު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

05 ޖުލައި 2025 - 07:47

މި ހިނގާ ޖުލައި މަސް ފެށުނު ފަހުން، މިފްކޯއިން ކިރުވި މަހަށް ޖުމްލަ 9.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

24 ގަޑިއިރުގެ ތެރޭގައި މަސްވެރިން ކިރުވާ މަހަށް ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅު ފުއްދަވައި، މަސްވެރިން ބާނާ މަހަށް 24 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ.

އެގޮތުން އެ ފައިސާގެ ތަފާސް ހިސާބުތައް ސަރުކާރު މަސްކުންފުނި މިފްކޯ އިން ޢާންމުކުރާއިރު، މި މަހުގެ މިހާތަނަށް މިފްކޯ އިން ވަނީ 9.3 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ. އެއީ:

  1. މަހުގެ ފުރަތަމަ ދުވަހު 1.3 މިލިއަން ރުފިޔާ
  2. މަހުގެ ދެވަނަ ދުވަހު 1.5 މިލިއަން ރުފިޔާ
  3. މަހުގެ ތިންވަނަ ދުވަހު 3.5 މިލިއަން ރުފިޔާ
  4. މަހުގެ ހަތަރު ވަނަ ދުވަހު 3.01 މިލިއަން ރުފިޔާ

އެއީ މުޅި ޖުމްލަ 154 ދޯންޏަކުން ކިރުވި މަހަށް މިފްކޯ އިން ދޫކުރި ފައިސާގެ އަދަދެވެ.

މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މަސްވެރިންގެ ދަފްތަރު އެކުލަވާލައި، އެފަރާތްތަކަށް އާމްދަނީއަށް ބިނާކޮށް ލޯނު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މި ސިނާޢަތަށް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ހޯދައިދިނުމަށް މަސްވެރިކަމުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ކޮމެންޓް

871x217_placeholder