logo
E-Platinum
ޚަބަރު

ހައިކޯޓުގެ އާ ފަނޑިޔާރުން މާދަމާ ހުވާކުރަނީ

އާމިނަތު ޝަފާ
2 އޯގަސްޓު 2025 - 09:57
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު

ހައި ކޯޓަށް އަލަށް އައްޔަންކުރާ ފަނޑިޔާރުން މާދަމާ ހުވާކުރަން ހަމަޖައްސައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މީޑިއާތަކަށް ފޮނުވި ދައުވަތުގައި ބުނީ ފަނޑިޔާރުން ހުވާކުރުން މާދަމާ ރޭ 8:30 ގައި އޮންނާނެ ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 17 ބޭފުޅަކު އެ ދެ މަގާމަށް ކުރިމަތިލެއްވި އެވެ.

އެއާއެކު ޖޭއެސްސީން ނިންމީ މި މަގާމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައި މި ފަހަކާ ޖެހެންދެން ހުންނެވި މުހައްމަދު ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަނުކުރެއްވުމަށެވެ.

 ހައި ކޯޓަށް ފަނޑިޔާރުން އައްޔަންކުރުން ހުއްޓުވަން ސިވިލް ކޯޓަށް މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރައްވަން ނިންމަވާފައިވާ އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެންބަރު 23 އިން 2009 ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައިވެއެވެ. ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށްފަހު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ ވަނީ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ.

ހަނީ ވެލްޑްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 2018 ޖުލައި 30 ވަނަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 23 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރައްވާފައިވާ އަލްއުސްތާޛު މުޙައްމަދު ޝަހީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން އަލްއުސްތާޛު މުޙައްމަދު ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައިކޯޓުގެ އާ ފަނޑިޔާރުން މާދަމާ ހުވާކުރަނީޚަބަރު | 11 ގަޑިއިރު ކުރިންހައިކޯޓުގެ ފަނޑިޔާރުކަމަށް ޢަބްދުﷲ ޖަމީލާއި ޝަހީދު އައްޔަނުކުރަން ނިންމައިފިޚަބަރު | 3 ދުވަސް ކުރިންހައިކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިޢުލާންކޮށްފި ޚަބަރު | 23 ދުވަސް ކުރިންޖެހޭ ކޮންމެ މީހަކު ކޮށާލާނަމޭ ބުނެ ކަތިވަޅިއެއް ހިފައިގެން އުޅުނު ދެ މީހުން ދޫކޮށްލީ ގޯސްކޮށް - ހައިކޯޓު ޚަބަރު | މަހެއް ކުރިން