ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިޢުލާންކޮށްފި


10 ޖުލައި 2025 - 13:55
ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.
މި މަގާމަށް ކުރިމަތި ލެވޭނީ އުމުރުން 25 އަހަރު ފުރިފައިވފަރާތްތަކުގެ ތެރެއިން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދާއިރާއިން މަދުވެގެންފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ މުސާރައަށް މަހަކު 45,700.00 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި 18,000.00 ރުފިޔާ އާއި ރިސްކް އެލަވަންސްގެ ގޮތުގައި 3,300.00 ރުފިޔާ އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯން އެލަވަންސް ލިބޭނެ އެވެ.
ޖޭއެސްސީން ބުނިގޮތުގައި ފަނޑިޔާރުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދަން ޖޭއެސްސީން އިއުލާނު ކުރީ ސުޕްރީމް ކޯޓުން ހުސްވި ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަން ކުރެއްވުމުން ހައިކޯޓުގެ ދެފަނޑިޔާރުންގެ މަގާމު ހުސްވުމުންނެވެ.
އިތުރު ލިޔުންތައް
ޖޭއެސްސީގެ މެންބަރު ކަމަށް ފަރުހާދު ރަޝީދު އައްޔަންކޮށްފި
10 މަސް ކުރިން
ޗީފް ޗުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
10 މަސް ކުރިން
ބާ ކައުންސިލުގެ އެކްސްކޯއަށް ކުރިމަތިލުމަށް ހުޅުވާލަނީ
10 މަސް ކުރިން