logoEN
ޚަބަރު

ޗީފް ޗުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޖޭއެސްްސީ -- ފޮޓޯ/ ސަން

ޖޭއެސްްސީ -- ފޮޓޯ/ ސަން

މަރިޔަމް ޔަނާ އަލީމަރިޔަމް ޔަނާ އަލީ

17 ސެޕްޓެމްބަރު 2024 - 10:36

ޗީފް ޗުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ޖުޑީޝަލް ސާވިން ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު އިއުލާނެއްގައެވެ.

އެ އިއުލާނުގައި ބުނި ގޮތުގައި، އެ މަގާމުގައ މުސާރައަކީ 47،500 ރުފިޔާއެވެ. އެ މަގާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ސެޕްޓެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމައަށެވެ. އެ މަގާމުގެ މުއްދަތަކީ 5 އަހަރެވެ.

އެ މަޤާމުގެ އަސާސީ ޝަރުޠުތައް ކަމުގައި އިއުލާނުގައި ބުނި ކަންކަމަކީ:

- އިދާރީ ހިންގުމުގެ ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން

- އިދާރީ ހިންގުމުގެ ނުވަތަ ޤާނޫނީ ދާއިރާއިން މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- މުސްލިމަކު ކަމުގައިވުން.

- ދިވެހި ރައްޔިތަކު ކަމުގައިވުން.

- ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން.

މަގާމަށް އެދި ހުށަހަޅާނީ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. އަދި އެ އިއުލާނާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް، 3303501 އަށް ގުޅުމަށް އެ ކޮމިޝަނުން އެދެއެވެ.

ކޮމެންޓް

871x217_placeholder