logoEN
ޚަބަރު

8 ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ހޯދަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

27 އޮކްޓޯބަރު 2024 - 15:48

އަށް ރަށެއްގެ ކޯޓށް މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މެޖިސްޓްރޭޓުން ހޯދަނީ ހއ. ބާރަށާއި ނ. މާފަރާއި ބ. ކެންދު އާއި އެ އަތޮޅު ތުޅާދު އާއި ކ. ހިންމަފުއްޓާއި އެ އަތޮޅު، ކާށިދު އާއި ލ. މާވަށުގެ އިތުރުން ގދ. ގައްދޫ ކޯޓަށް ކަމަށެވެ.

މެޖިސްޓްރޭޓުންގެ އަސާސީ މުސާރަ އަކީ 26،350ރ. އެވެ. އަދި އިތުރު އެލަވަންސްތަކާއެކު މަހަކު 40,000 ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ލިބިވަޑައިގަންނަވާނެ އެވެ.

މެޖިސްޓްރޭޓުން ހޯދަން އިއުލާންކުރި ރަށްތަކުގެ ކޯޓްތަކަށް ކުރިމަތިލާން ހުޅުވާލީ އަންނަ މަހުގެ 20 އާ ހަމައަށެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަަރުވުމާއެކު ގާނޫނީ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

ކޮމެންޓް

871x217_placeholder