logo
Bank of Maldives

Bank of Maldives

ޚަބަރު

ބާ ކައުންސިލުގެ އެކްސްކޯއަށް ކުރިމަތިލުމަށް ހުޅުވާލަނީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
20 ސެޕްޓެމްބަރު 2024 - 03:05
ބާ ކައުންސިލުގެ އެކްސްކޯއަށް ކުރިމަތިލުމަށް ހުޅުވާލަނީ

ރާއްޖޭގެ ބާ ކައުންސިލުގެ އެކްޒެކެޓިވް ކޮމެޓީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، އެ ކައުންސިލުން ހުޅުވާލައިފިއެވެ.

އެ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މިއަންނަ މަހުގެ 21 ވާ ހޯމަ ދުވަހު، އެ ކައުންސިލުގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރުކަމުގެ މަގާމަށް، މެންބަރަކު އައްޔަންކުރަން އިންތިޙާބު ބޭއްވުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެން ކަމުން، އެ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަން ނިންމާފައިވާއިރު، އެ ފުރުސަތު ހުޅުވާލަނީ މި މަހުގެ 22 ވާ އާދިއްތަ ދުވަހުން ފެށިގެން، އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ތިނެއްގެ ނިޔަލަށެވެ. އެގޮތުން އެ މެންބަރުކަމަށް ވުމުގައި ހުންނަން ޖެހޭ ޝަރުތުތައް ކަމުގައި ވަނީ:

  • ގާނޫނީ ދާއިރާގައި މަސައްތަކުރުމުގެ ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުން
  • ގާނޫނީ މަސައްކަތްތަކުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ މައްސަލައެއް، ޝަރުއީ ކޯޓަކުން ނުވަތަ ބާ ކައުންސިލުން ސާބިތު ވެފައިވާ މީހަކަށް ނުވުން
  • ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއް ކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައި ނުވުން

އެ މަގާމަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. އެގޮތުން ހިމެނެނީ:

  1. އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު
  2. އިންތިހާބގައި ވަކި ލޯގޯ ނުވަތަ ނިޝާނެއް ބޭނުންކުރާ ނަމަ، އެ ނިޝާނެއް ނުވަތަ ލޯގޯއެއް
  3. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަދި ކަރެކްޝަންސް އިން ފުރިހަމަކޮށްފައިވާ ދަރަނީގެ ރެކޯޑާއި، ކުށުގެ ރެކޯޑު ސާފުކޮށްފައިވާ ފޯމު
  4. ކުރިމަތިލާ ފަރާތުގެ މަންދޫބުންގެ ގޮތުގައި އައްޔަނުކުރާ މީހުންގެ މައުލޫމަތު ޝީޓު
  5. އިދާރީ ފީގެ ގޮތުގައި ދައްކަން ޖެހޭ 5،000 ރުފިޔާ

 

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކަށް، އެ ކައުންސިލުގެ ވެބްސައިޓުން ލިޔެކިޔުންތަކާއި، ފޯމުތައް ލިބޭނެއެވެ. އަދި އެ މަގާމުގެ އިތުރު މައުލޫމާތު ހޯދުމަށް ވެސް، އެ ކައުންސިލުން ހޯދުމަށް، ބާ ކައުންސިލުން އެދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފިޚަބަރު | ގަޑިއިރެއް ކުރިންރިޒާ ޖޭއެސްސީން އިސްތިއުފާ ދެއްވައިފިޚަބަރު | 11 ދުވަސް ކުރިންޖޭއެސްސީގެ ނައިބު ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު ޔަޒްމީދުޚަބަރު | 14 ދުވަސް ކުރިންފެމިލީ ކޯޓުގެ ޤާޒީގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފިޚަބަރު | 16 ދުވަސް ކުރިން