logo
Bank of Maldives

Bank of Maldives

ޚަބަރު

ޖޭއެސްސީގެ ނައިބު ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު ޔަޒްމީދު

އާމިނަތު ޝަފާ
23 އޮކްޓޯބަރު 2025 - 10:40
ޖޭއެސްސީގެ ނައިބު ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު ޔަޒްމީދު

ޖުޑީޝަލް ސާވިސް ކޮމިޝަން( ޖޭއެސްސީ)ގެ ނައިބު ރައީސްއަކަށް އެ ކޮމިޝަންގެ މެމްބަރު ޔަޒްމީދު މުހައްމަދު އިންތިޚާބުކޮށްފިއެވެ.

ޖޭއެސްސީގެ ނައިބު ރައީސަކަށް ޔަޒްމީދު އިންތިޚާބުކުރީ އެ މަގާމުގައި ކުރިން ހުންނެވި ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމުންނެވެ.

ޔަޒްމީދަކީ ޖޭއެސްސީގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ހަމައެކަނި މެމްބަރެވެ.

ޔަޒްމީދު ޖޭއެސްސީއަށް އައްޔަން ކުރެއްވީ މި އަހަރުގެ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖޭއެސްސީގައި 10 މެމްބަރުން ތިއްބަވާއިރު ކޮމިޝަނުގެ ރައީސަކީ މާފުށި ދާއިރާގެ މެމްބަރު އަލްއުސްތާޛު ޙުސައިން ރިޟާ އާދަމްއެވެ.

ރިޟާގެ އިތުރުން ދެން ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަނުގެ ނާއިބުރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރު ޔަޒްމީދު މުޙައްމަދާއި، ކޮމިޝަނުގެ މެމްބަރުންކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއާއި، އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު ފަރުހާދު ރަޝީދާއި ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެންބަރު އިދްރީސް ފައުޒީއާއި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒުގެ އިތުރުން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމާއި ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ މެންބަރު އަލްއުސްތާޛު ޢަލީ ޢަބްދުއްލަޠީފެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ވަޠަނީ ޚިދުމަތުގެ 2 ވަނަ ބުރު ނިންމި ދަރިވަރުންނަށް ރައީސް މަރުހަބާ ވިދާޅުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިފިޚަބަރު | ދުވަހެއް ކުރިންމަރުޙޫމް މުޙައްމަދު މަހުދީ ގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | ދުވަހެއް ކުރިންރައީސްގެ ދެކަނބަލުންނާއި އާއިލާއަށް އަމާޒުކޮށް ދޮގު ފެތުރުން ހުއްޓާލުމަށް އިޤްބާލް އިލްތިމާސްކުރައްވައިފިޚަބަރު | ދުވަހެއް ކުރިން