logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހި ވަޠަނީ ޚިދުމަތުގެ 2 ވަނަ ބުރު ނިންމި ދަރިވަރުންނަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ 2 ވަނަ ބުރު ނިންމި ދަރިވަރުންނަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ 2 ވަނަ ބުރު ނިންމި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ދަންނަވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވަނީ، ދަސްވެނިވި ދަރިވަރުންގެ ތެރެއިން 112 ރަށަކުން 343 ދަރިވަރުން ހިމެނޭ ކަމަށާއި މީގެ ތެރެއިން 18 އަހަރުން ދަށުގެ 113 ދަރިވަރުން ހިމެނޭކަން ފާހަގަކުރައްވާފައެވެ. އަދި 2 ވަނަ ބުރުގައި ދަސްވެނިވި ދަރިވަރުންގެ ތެރޭގައި 63 އަންހެން ކުދިންނާއި، 280 ފިރިހެން ކުދިން ހިމެނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމައި 343 ދަރިވަރުން ދަސްވެނިވެފައިވަނީ މެއި 17 ވަނަ ދުވަހުއެވެ. ދެވަނަ ބެޗުގެ ތަމްރީންތައް ކުރިއަށް ގެންގޮސްފައިވަނީ، މިދިޔަ ޖަނަވަރީ މަހުގެ 31 ފެށިގެން 3 މަސް ދުވަހުގެ މުއްދަތަށެވެ.

މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި ދަސްވެނިވި ޒުވާނުންގެ ތެރެއިން ހޮވޭ ދަރިވަރުންނަށް ބ. އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ތަމްރީނުތައް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި ދެވަނަ ބުރަށް ނުހޮވޭ ދަރިވަރުންނަށް އެ ކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިކަން ފާޅުކުރާ ތަންތަނުން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ދިވެހި ވަޠަނީ ޚިދުމަތަކީ، ރާއްޖޭގެ ޒުވާނުންގެ މުސްތަޤުބަލު ބިނާކުރުމަށްޓަކައި ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ވަޠަނީ ޚިދުމަތުގެ 2 ވަނަ ބުރު ނިންމި ދަރިވަރުންނަށް ރައީސް މަރުހަބާ ވިދާޅުވެއްޖެޚަބަރު | ގަޑިއިރެއް ކުރިންވަތަނީ ހިދުމަތުގެ ދެވަނަ ބެޗު ދަސްވެނިވެ، 344 ޒުވާނުން ގައުމީ ހިދުމަތަށް ނިކުމެއްޖެޚަބަރު | 3 ގަޑިއިރު ކުރިންކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިފިޚަބަރު | ދުވަހެއް ކުރިންމަރުޙޫމް މުޙައްމަދު މަހުދީ ގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | ދުވަހެއް ކުރިން