logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިފި

އައިޝަތު ނަޝާ
16 މޭ 2026 - 12:28
ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިފި

ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލާއި ހދ.ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމެވެ.

WhatsApp Image 2026-05-16 at 5.03.17 PM.jpeg

Ad by Hajj Corporation

Ad by Hajj Corporation



މި ރަސްމިއްޔާތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިސް ބޭފުޅުންނާއި، ކުރިނބީ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލް މެންބަރުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންގެ އިތުރުން ކުރިޔަށް އޮތް 5 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން، ހދ. އަތޮޅު ކައުންސިލްގެ ރައީސާއި، ރަށުގެ އިދާރާތަކުގެ އިސްވެރިންނާއި، ރަށަށް ޚިދުމަތްކުރައްވާފައިވާ ޚިދުމަތްތެރީން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

WhatsApp Image 2026-05-16 at 5.03.17 PM (1).jpeg


ހދ.ކުރިނބީ ކައުންސިލްގެ އައު ކައުންސިލް އިމާރާތުގެ މަޝްރޫއަކީ އެލްޖީއޭގެ ޕީއެސް.އައިޕީ ބަޖެޓުގައި ހިމެނިގެން، ކުރިނބީ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެވެ. މުޅި މަޝްރޫޢަށް ޖުމުލަ 5.9 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ހދ. ކުރިނބީ ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި، ރަށު ފެންވަރުގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިން ބޭނުން ކުރަމުންދިޔަ އިމާރާތަކީ 32 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، ޖާގައިގެ ގޮތުން ދަތި، ވަސީލަތްތައް މަދު، އިމާރާތެކެވެ.

މިކަމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޒަމާނީ ބަދަލުތަކާއެކު އާ ޚިދުމަތްތައް ތަޢާރަފްކުރުމަށް ނުހަނު ބޮޑަށް ހުރަސްތަކާ ކުރިމަތިލާންޖެހެއެވެ.

ނަމަވެސް، އަލަށް މި ބިނާކުރެވުނު ކައުންސިލް އިދާރާއަކީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު އަދި ޖާގައިގެ ގޮތުން ތަނަވަސް، މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ހިތްހަމަޖެހުމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވެފައި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާވެ ރަނގަޅުވެގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެއްކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިފިޚަބަރު | ގަޑިއިރެއް ކުރިންމަރުޙޫމް މުޙައްމަދު މަހުދީ ގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންރައީސްގެ ދެކަނބަލުންނާއި އާއިލާއަށް އަމާޒުކޮށް ދޮގު ފެތުރުން ހުއްޓާލުމަށް އިޤްބާލް އިލްތިމާސްކުރައްވައިފިޚަބަރު | 5 ގަޑިއިރު ކުރިންއިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ރައީސް ބައްލަވާލައްވައިފިޚަބަރު | ދުވަހެއް ކުރިން