logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ރިޒާ ޖޭއެސްސީން އިސްތިއުފާ ދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
26 އޮކްޓޯބަރު 2025 - 08:23
ރިޒާ، ފޮޓޯ: މަޖިލިސް
ރިޒާ، ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެމްބަރު އަލްއުސްތާޛު ޙުސައިން ރިޒާ އަދާމް  ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ މެމްބަރުކަމުން އިސްތިއުފާދެއްވައިފިއެވެ.

ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ހުންނަވާ މެމްބަރުގެ ގޮތުގައި ހުންނެވި ރިޒާ އެ ކޮމިޝަނުން އިސްތިއުފާދެއްވާފައިވާއިރު، ރިޒާ އިސްތިއުފާދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ރިޒާ އެ ނިންމެވުން ނިންމަވާފައިވާކަން ވަނީ ކަށަވަރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިޒާ ޖޭއެސްސީން އިސްތިއުފާދެއްވުމާ އެކު ޖޭއެސްސީގެ ރައީސްކަން ވެސް ހުސްވާނެއެވެ.

ޖޭއެސްސީގެ ރައީސްކަމަށް ރިޒާ އިންތިޚާބުކުރީ 12 ޖޫން 2024 ގައެވެ.

ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރަކު ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ތިއްބަވާނެ އެވެ. އެގޮތުން، މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރު ކަމަށް މެމްބަރު ރިޒާ އައްޔަންކުރަން މަޖިލީހުން ފާސްކުރީ 3 ޖޫން 2024 ގައެވެ. ޖެހިގެން އައި 4 ޖޫން 2024 ގައި އޭނާ ވަނީ އެ ކޮމިޝަނަށް ރަސްމީކޮށް ޢައްޔަނުކޮށްފައެވެ.

މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރެއްގެ އިތުރުން ޖޭއެސްސީގައި ދެން ތިއްބަވާނީ ރައީސްގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދަށު ކޯޓުގެ ފަނޑިޔާރަކާއި ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލަކާއި އާންމުންގެ ތެރެއިން މެމްބަރެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ، ދެ ކޮމިޝަނަކަށް މެމްބަރުން އައްޔަންކޮށްފިޚަބަރު | މަހެއް ކުރިންހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ރައޫފް އާއި ޝަފީއު އައްޔަންކޮށްފިޚަބަރު | 2 މަސް ކުރިންކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 3 މަސް ކުރިންހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 4 މަސް ކުރިން