logo
MPL

MPL

ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ރައޫފް އާއި ޝަފީއު އައްޔަންކޮށްފި

މުޙައްމަދު އަފްރާޙް
8 ފެބްރުއަރީ 2026 - 06:56
ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ރައޫފް އާއި ޝަފީއު އައްޔަންކޮށްފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އާއި ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އައްޔަންކޮށްފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ މިދިޔައަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އަދި މުއްދަތު ހަމަވީ އެމަހުގެ 21 ވަނަ ދުވަހަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުއްދަތުގައި 19 ބޭފުޅަކު ވަނީ އެ މަގާމަށް ކުރިމަތިލައްވާފައެވެ. މުއްދަތު ހަމަވެ، ޖޭއެސްސީން މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވަނީ ފަނޑިޔާރުގެ މަގާމަށް ރައޫފް އަދި ޝަފީއު އައްޔަންކުރުމަށެވެ.

ޖޭއެސްސީން ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުން ވަނީ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރައްވާފައެވެ. އެ ދެ ބޭފުޅުންނަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ ދެ ގޮނޑި ހުސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު މިދިޔަ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ރިޓަޔަރކުރެއްވުމާއި، އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުއްޖަކަށް ބައެއް "ބާއްވާފައި" ގޯތި ދޮށީ ދަރިފުޅަށް ހިބައިން ދިން މައްސަލައިގައި ރަސްމާދޫ ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލުކޮށްފިކޯޓް ރޫމް | 2 ގަޑިއިރު ކުރިންޖޭއެސްސީ އަށް އިސްފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފިޚަބަރު | 2 މަސް ކުރިން ސިވިލް ކޯޓަށް 3 ފަނޑިޔާރުން ހޯދަން ޢިއުލާންކޮށްފިޚަބަރު | 2 މަސް ކުރިން ޖޭއެސްސީގެ މެމްބަރަކަށް ނަސީރު އައްޔަން ކޮށްފިޚަބަރު | 3 މަސް ކުރިން