logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ޚަބަރު

ސިވިލް ކޯޓުގެ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

އަޙުމަދު ރަމީޒު
21 އޮކްޓޯބަރު 2026 - 13:51
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހްސާން
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހްސާން

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހްސާން ގާޒީ ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

އިހްސާން މިއަދު ގާޒީ ކަމުން އިސްތިއުފާ ދިނުމަށް ހުށަހަޅައި މަގާމުން ވަކިވެފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ޔަގީންކޮށްދީފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިހްސާން މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާއަށް ތުހުމަތުކުރެވުނު މައްސަލައެއް ޖޭއެސްސީން ބެލުމަށްފަހު އިހްސާން މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

ޖޭއެސްސީން ބަލާފައިވަނީ އިހްސާންގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަ އެވެ.

މިމައްސަލަ ބަލަން ފެށުމަށްފަހު ޖޭއެސްސީން ވަނީ އިހްސާން 60 ދުވަހަށް ސަސްޕެންޑް ކުރުމަށް މިދިޔަ އޮގަސްޓް 20 ވަނަ ދުވަހު ނިންމާފަ އެވެ.

އިހްސާނާ ގުޅޭ ގޮތުން ޖޭއެސްސީން ކުރިން ނެރުނު ބަޔާނެއްްގައި ބުނެފައިވަނީ އިހްސާން ސަސްޕެންޑް ކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ބާވަތަށާއި، ތަހުގީގަށް މިހާތަނަށް ލިބުނު މައުލޫމާތުގެ އަލީގައި، އޭނާ މަސައްކަތުގައި ދެމިހުރެއްޖެނަމަ ތަހުގީގަށް ހުރަސް އެޅިދާނެކަމަށް ފެންނާތީއާއި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިވިލް ކޯޓުގެ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި ޚަބަރު | ގަޑިއިރެއް ކުރިންޖޭއެސްސީ އަށް އިސްފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފިޚަބަރު | 3 މަސް ކުރިންސިވިލް ކޯޓުގެ ގާޟީކަމަށް، ހުޅުވާލުމުން 42 މީހަކު ކުރިމަތި ލައިފިޚަބަރު | 3 މަސް ކުރިން ސިވިލް ކޯޓަށް 3 ފަނޑިޔާރުން ހޯދަން ޢިއުލާންކޮށްފިޚަބަރު | 4 މަސް ކުރިން