logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ޚަބަރު

ޖޭއެސްސީ އަށް އިސްފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފި

އަޙުމަދު ރިޝާން
14 ޖުލައި 2026 - 14:17
ޖޭއެސްސީ އަށް އިސްފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭނުންވެއްޖެ ހިނދެއްގައި ކޯޓުތަކުގެ އިސް ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ގަވާއިދެއް ހަދައިފި އެވެ.

ޖޭއެސްސީން ވަނީ މިގޮތަށް ބަދަލު ގެނެސް ގަވައިދެއް ގެޒެޓްކޮށްފަ އެވެ. މި ގަވާއިދަށް ކިޔަނީ ކޯޓުތަކުގެ އިސް ފަނޑިޔާރުން އައްޔަން ކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ގަވާއިދު ބުނާ ގޮތުން،ފަނޑިޔާރަކު ދުރުކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެ އެވެ. އަދި އެ ހާލަތަކީ ކޯޓުތަކަށް އައްޔަންކުރާ އިސް ފަނޑިޔާރުން ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ މަގާމުން ދުރުކުރަންޖެހޭ ކަމަށް ޖޭއެސްސީއަށް ފެންނަ ހާލާތްތައް ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ފަނޑިޔާރުން ދުރުކުރުމަށް މިހާރު އަމަލުކުރާ އުސޫލަކު ބަޔާންކޮށްފައެއް ނޯވެ އެވެ. މި ސަބަބާހުރެ އިސް ފަނޑިޔާރަކު މަގާމުން ވަކިވެފައި ވަނީ އެ ފަނޑިޔާރަކު އަމިއްލަ އަށް އެ މަގާމުން އިސްތިއުފާ ދިނުމުންނެވެ. ދެން އޮންނަ ގޮތަކީ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމެވެ. މިހާރު އޮނިގަނޑު އޮންނަ ގޮތުން ފަނޑިޔާރުންނާ އިންޓަވިއުކޮށް، މަގާމަށް ބޭފުޅަކު ކަނޑައަޅަން ޖެހެނީ ޖޭއެސްސިއަށެވެ. އަދި ފަނޑިޔާރަކު ހޮވެނީ އެ ކޮމިޝަންގެ މެންބަރުންގެ އަޣުލަބިއްޔަތުން ރުހުން ދިނުމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިވިލް ކޯޓުގެ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި ޚަބަރު | 2 ގަޑިއިރު ކުރިންޖޭއެސްސީ އަށް އިސްފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފިޚަބަރު | 3 މަސް ކުރިން ސިވިލް ކޯޓަށް 3 ފަނޑިޔާރުން ހޯދަން ޢިއުލާންކޮށްފިޚަބަރު | 4 މަސް ކުރިން ޖޭއެސްސީގެ މެމްބަރަކަށް ނަސީރު އައްޔަން ކޮށްފިޚަބަރު | 5 މަސް ކުރިން